ads
މަރުގެ މައްސަލާގައި ހައްޔަރު ކުރި ޝާހިލް
ޝިއާއު މަރާލިކަމަށް ޝާހިލް އަދިވެސް އެއްބަސްނުވޭ، އެއްބާރުލުމެއްވެސް ނުދޭ: ފުލުހުން
ރަހުމު ކުޑަކޮށް މަރާލާފައި އޮތްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮތް ކޮޓަރިތެރެއިން އެ ހާދިސާ ހިނގިވަގުތު ހައްޔަރުކުރި، އަލީ ޝާހިލް މިހާތަނަށް ކުށަށް އިއުތިރާފު ވެފަ ނުވާކަމަށާއި ނަމަވެސް އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލިކަމުގެ ތަހުގީގު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

މިހާރު ފުލުހުން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ޝާހިލުގެ ފަރާތުން ފުލުހުން ބޭނުންވާ މުހިންމު މައުލޫމާތުތައް ދޭން ދެކޮޅު ހަދާ ކަމަށާއި އެވާހަކަތައް ދައްކަންވެސް އޭނާ ބޭނުން ނުވާ ކަމަށެވެ.

އަދި އެމައްސަލާގައި އެންމެ ފުރަތަމަ ޕާސްޕޯޓު ދިނުމަށްވެސް އޭނާ އިންކާރުކުރި ކަމަށާއި، ތަހުގީގަށް ކިރިޔާވެސް އެއްބާރުލުމެއް ދޭން ފެށީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ. 

ޝާހިލް ކުށަށް އިއުތިރާފު ނުވިނަމަވެސް އަދި ބައެއް  މައުލޫމާތު ފޯރުކޮށްދޭން ދެކޮޅު ހެދިނަމަވެސް ގަސްތުގައި މީހަކު މަރާލިކަން ސާބިތުކުރެވި ދައުވާ ކުރެވޭ ވަރަށް އޭނާއާއި ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިހާރު ކުރަމުންދަނީ އޭނާގެ ފޯނު ތަހުލީލުކުރުމުގެ މަސައްކަތްކަން ފާހަގަކޮށް ފުލުހުން ބުނީ ފުރަތަމަ ފޯނުގެ ޕާސްވޯޑު ދޭންވެސް އޭނާ ދެކޮޅު ހެދި ކަމަށެވެ. ނަމަވެސް ފަހުން އެކަމަށް އެއްބާރުލުންދީ އެ ފޯނު ހުޅުވި ތަހުގީގުތައް ކުރެވެމުންދާ ކަމަށް ފުލުހުން މިއަދު ބުންޏެވެ. 

ޝާހިލުގެ ނަފްސާނީ މައްސަލަތަކެއް ހުރިކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ފުލުހުން ބުނީ އޭނާގެ ނަފްސާނީ އެއްވެސް މައްސަލައެއް ހުރިކަން މިހާތަނަށް ހެދުނު ޓެސްޓުތަކުން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. 

14%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް