ads
އަޒްހާން ފެނުނު ސަރަހައްދު
އަޒްހާންގެ ހަށިގަނޑު ކަމަށް ބުނެ ދައުރުކުރާ ފޮޓޯތަކަކީ ސްކޭމެއް: ފުލުހުން
މަރުވެފައިވާ މީހަކާއި ގުޅުވާ ސްކޭމް ޖެެއްސުމަކީ ނާތަހުޒީބު އަމަލެއް
ހުޅުމާލެ ވޯޓަތީމް ޕާކު ބޯގަސްތަކެއްގެ ތެރެއިން މަރުވެ ކުނިވެފައި އޮއްވާ ފެނުނު މުހައްމަދު އަޒްހާންގެ ފޮޓޯތައް ކަމަށް ބުނެ، ފައިސާ ހޯދުމަށް ބަޔަކު ސްކޭމް ކުރަމުންދާތީ އެކަމަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.
Advertisement

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަޒްހާންގެ މަރާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަމުން ފުލުހުން ބުނީ، އެ ސަރަހައްދުން ފެނުނު އަޒްހާންގެ ހަށިގަނޑު ކަމަށް ބުނެ ބަޔަކު ލިންކެއް މެދުވެރިކޮށް ފޭކް ފޮޓޯތަކެއް ދައުރުކުރަމުންދާ ކަމަށެވެ.

”އަޒްހާންގެ ފޮޓޯ ކަމަށްބުނެ ބަޔަކު ލިންކެއް އެބަ ދައުރުކުރަމުންދޭ. އަޅުގަނޑުމެންނަށް ހަމަ ވަރަށް ސާފުކޮށް ބުނަން އެނގޭ އެއީ އަޒްހާންގެ ފޮޓޯ ނޫންކަމާއި، އެ ލިންކަކީ ސްކޭމެއްގެ ގޮތުގައި ދައުރުވާ ލިންކެއްކަން. އެހެންވީމައި އެއީ މިއަދު ރައްޔިތުން ސަމާލުވާން ޖެހޭ ކަމެއް، “ފުލުހުން ބުންޏެވެ.

އެގޮތުން އެފަދަ ދެ ފޮޓޯއެއް އެމީހުން ދައުރުކުރަމުންދާ ކަމަށާއި، އެ ފޮޓޯތައް ބަލާލުމުން އަޒްހާންގެ ހަށިގަނޑު ކައިރިން ދުއް ފުލުހުންގެ ހައިސިއްޔަތުން އެއީ އަޒްހާންގެ ހަށިގަނޑުގެ ފޮޓޯ ނޫންކަން ސާފުކޮށް ބުނަން އެނގޭކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އަޒްހާންގެ ހަށިގަނޑު ނުފެންނަ އާންމު ރައްޔިތުން އެ ފޮޓޯތައް ބަލާލަން ޝައުގުވެރިކަން ހުރެގެން އެ ލިންކަށް ވަންނަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން މިއަދު ވަނީ، އެއީ އަޒްހާންގެ ފޮޓޯތައް ނޫންކަން ކަށަވަރުކޮށްދީ އެފަދަ ސްކޭމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ގެއްލިގެން ހޯދާތާ ދެ ހަފްތާފަހުން ހުޅުމާލެއިން ހަލާކުވެފައި އޮއްވާ ފެނުނު އަޒްހާންގެ ހަށިގަނޑު ކަމަށް ބުނެ ބަޔަކު ފޭކް ފޮޓޯތަކެއް ދައުރު ކުރަމުންދާއިރު، މަރުވެފައިވާ މީހަކާއި ގުޅުވައި ކުރާ މިފަދަ ނާތަހުޒީބު އަމަލުތަކަށް ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކުރި ނަމަވެސް މިފަދަ އަމަލުތައް ކުރާ ފަރާތްތަކުން ހޯދައި ފިޔަވަޅު އަޅާނެކަން ނުވަތަ ނޫންކަން ވެސް ފުލުހުން މިއަދު ފާހަގަކޮށްފައެއް ނުވެއެވެ.

44%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް