ads
ލ. ފޮނަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ރައީސް ބޭއްވި ޖަލްސާ
ސަރުކާރުން ބޭނުންވާ ވަކި ގޮތެއް ނެތް، އައްޑޫ ވޯޓުގައި ގޮތް ނިންމާނީ ރައްޔިތުން: ރައީސް
އައްޑޫ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް ނުވަތަ ބައެއް ރަށްތަކުގައި ވަކި ކައުންސިލެއް އުފެއްދުމާއި ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުން ވަކި ނަތީޖާއެއް ނެރުމަށް ސަރުކާރުން މަސައްކަތް ނުކުރައްވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އައްޑޫ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް ނުވަތަ 3 ރަށެއް ސިޓީއިން ވަކިވުމަށް ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތާވަލުކޮށްފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. މިކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވަކި ގޮތަކަށް ކަންތައްކުރުމަށް ބާރުއަޅަމުންދާ ފަދަ މޭރުމަކުން ވާހަކަތައްދައްކަމުންދާކަމަށެވެ. 

އެހެންނަމަވެސް މި ވޯޓު ނަގަނީ މިއީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެސިޓީގެ ބައެއް ރަށްރަށުން ހުށަހެޅުއްވި ކަންބޮޑުވުންތަކާއި ގުޅިގެން އެކަމުގައި ރައްޔިތުންގެ ހިޔާލު ހޯއްދަވާ އެކަމަށް ދާއިމީ ހައްލެއް ގެނައުމަށްކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން މިހާރު ނެގުމަށް ތައްޔާރުވަމުންދާ ވޯޓަކީ، އައްޑޫ ސިޓީގެ ބައެއް ރަށްރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އެވައުދު ފުއްދެވުމަށްކުރައްވާ މަސައްކަތްކަން ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް އެކަން ކުރެވޭނީ ގާނޫނީ ނިޒާމުގެ ތެރެއިން އެކަމަށް ސަރުކާރުން ޖެހޭނީ ރައްޔިތުން ގާތު އަހަން. އެހެންކަމުން އެރައްޔިތުން ނިންމާ ކޮންމެ ގޮތަކީ ސަރުކާރުގެ ސްޓޭންޑް، ސަރުކާރުން ތާއީދުކުރާނެ ގޮތް. ސަރުކަރުން ވަކި ޕްރިފާކުރާ އަދި ބޭނުންވާ އެއްވެސްކަމެއް އެކަމުގައި ނެތް. މިހާރު އޮތް ކޮމްޕޮޒިޝަން ބޭއްވުންކަމަށް ވިޔަސް އަދި ވަކި ވަކި ކައުންސިލަތަކެއް ހަދަން ނިންމެވިޔަސް އެކަމަށްވެސް ސަރުކާރުގެ ފުރިހަމަ ތާއީދު ލިބޭނެ." ރައީސް ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ނަގާ ވޯޓަކީ، ފެންނަ ނުފެންނަ ވޯޓު ނެގުމާ ގުޅޭ ގޮތުން ހަދާފައިވާ އާ ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓަށް ވާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އައްޑޫ އާންމު ވޯޓުގައި 11 ވޯޓު ފޮށްޓެއް އައްޑޫގައި ބަހައްޓާއިރު، ހަތް ވޯޓު ފޮށްޓެއް މާލޭގައި ބަހައްޓާނެ ކަމަށެވެ. މާލޭގައި ވޯޓު ފޮށިތައް ބަހައްޓަނީ ކަލާފާނު ސްކޫލުގަ އެވެ. 

އީސީން ބުނީ، ވޯޓުލާން ދާންޖެހޭ ތަން VR (Space) NID No ޖެއްސެވުމަށް ފަހު 1414 އެސްއެމްއެސް ފޮނުއްވައިގެން ނުވަތަ ކޮމިޝަންގެ ވެބްސައިޓު މެދުވެރިކޮށް ބެލޭނެ ކަމަށެވެ.

އައްޑޫ ކައުންސިލާ ގުޅޭ ވޯޓަށް ރައްޔިތުން ހޭލުންތެރިކޮށްފައި ނޫނީ އެފަދަ ވޯޓެއް ނުނެގުމަށާއި އެކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރަން އެކަށީގެންވާ ވަގުތު ދިނުމަށް އދިދިކޮޅު އެމްޑީޕީން ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް