ads
ޑރ. ހުސެއިން މައުރަަޒު ހުޅުއްވައިދެއްވަނީ
ދަނޑުވެރިންގެ ދުވަހުގެ މައުރަޒު ކާށިދޫގައި
ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެ އަތޮޅު ކާށިދޫގައި ދަނޑުވެރިންގެ މައުރަޒެއް ބާއްވައިފިއެވެ. މިއަދަކީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހެވެ.

ކާށިދޫގައި އޮތް ދަނޑުވެރިންގެ މައުރަޒު ހުޅުއްވައިދެއްވީ އެގްރިކަލްޗަރ ޑރ. ހުސެއިން ރަޝީދު ހަސަންއެވެ. ދަނޑުވެރިންގެ މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވާ ވާހަކަފުޅުދައްކަވަމުން ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ދަނޑުވެރިކަން ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ރާއްޖެއިން ލިބެންހުރުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.

"ޚާއްސަކޮށް ޒަމާނީ ދަނޑުވެރިކަމަށް ބޭނުންވާ ޓެކްނޮލޮޖީ ރާއްޖެއަށް ލިބޭނެގޮތް މެދުވެރިކުރުން އެއީ ވަރަށް މުހިންމުކަމެއް. ސަރުކާރުން މިކަމަށް ކުރާ އިންވެސްޓްމަންޓުގަ އެންމެ މުހިންމު ކަމަކަށް މިއޮތީ ރާއްޖޭގެ ދަނޑުވެރިކަމުގަ ދިމާވެފަ އޮންނަ އެންމެ ބޮޑު މައްސަލައަކީ ދަނޑުވެރިން އުފައްދާތަކެތި ރަނގަޅު އަގެއްގަ މާކެޓަށް ފޯރުކޮށްނުދެވުން"

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހަކީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ނިންމީ މި ސަރުކާރުންނެވެ. ދަނޑުވެރިންގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެއްވުމަށް ނިންމެވި މައިގަނޑު މަގްސަދުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިންކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވުން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް