ads
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
ހެއްކާބެހޭ ގާނޫނުގެ އިސްލާހު މަޖިލީހަށް
ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ނިންމައި، މަޖިލީހަށް ހުށަހަޅައިފިއެވެ. މަޖިލީހުގައި ހެއްކާ ބެހޭ ގާނޫނަށް ހުށަހަޅާ ފުރަތަމަ އިސްލާހުގެ ފުރަތަމަ ކިޔުން، މާދަމާގެ ޖަލްސާއަށްވަނީ އެޖެންޑާ ކޮށްފައެވެ.

ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާ އިސްލާހު ހުށަހަޅާނީ ކުރީގެ ނޫސްވެރިޔާ އަދި މިހާރުގެ މަޖިލިސް މެންބަރު ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމްއެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ހެއްކާބެހޭ ގާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިސްލާހުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އެ ގާނޫނުގައި އޮތްގޮތުން، ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެގޮތުން، އެ ބިލުން ބުނެވިދިޔަ ގާނޫނަށް ގެނައުމަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި، ގާނޫނުގެ 136 ވަނަ މާއްދާގައި، ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ފަދައިން ގާނޫނުގައި މާނަކޮށްދިނުމަށާއި، ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރަން ލާޒިމުކުރެވޭނީ، ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް، ހައިކޯޓުން ކުރާ އަމުރަކުން ކަމުގައި ކަނޑައެޅުމަށާއި، އެފަދަ އަމުރެއް ނެރުމުގައި ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށް ހުށަހަޅާ އިސްލާހުތައް ހިމެނޭ.

މިދިޔަ ޖުލައި މަހު ތަސްދީގު ކުރި މި ގާނޫނަށް އަދި އަމަލުކުރަން ނުފަށައެވެ. ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މި ގާނޫނަށް އިސްލާހު ގެންނަން ޖެހުނީ ނޫސްވެރިންގެ ކަންބޮޑުވުންތަކާ ހެދިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް