ads
ސިހުރު ހެދުމަށް ބޭނުންކޮށްފައިވާ އެއްޗެހިތަކެއް--
ސިހުރު ހެދުން އިސްތިހާރު ކުރާ ޓެލެގްރާމް ގްރޫޕެއް، މިހާރުވެސް 600 މީހުން އެބަތިބި
ބޭނުންވާ އެކި ކަންކަމުގައި ސިހުރު ހަދައިދޭ ދިވެހި ޓެލެގުރާމް ޕޭޖެއް ހިންގަނަ ފަށައިފި އެވެ.

ދިވެހިންގެ ތެރެއިން ބަޔަކު އިސްވެ ތިބެ ހިންގަމުން އަންނަ މި ގުރޫޕުން ދަނީ، ސިހުރު ހެދުމަށް ހިތްވަރު ދީ، އަދި ފާޅުގައި ސިހުރު ހަދައިދީ، އެކަން އިސްތިހާރު ކުރަމުންނެވެ. 

އަދި އެކި ކަންކަމުގައި ސިހުރު ހަދައިދޭ އަގުތައް ވެސް އެ ގުރޫޕުގައި ދަނީ އިސްތިހާރު ކުރަމުންނެވެ. އެގޮތުން، ދެމަފިރިން ދުރުކުރުމާއި، ބޭނުންވާ މީހަކު ހޯދުމާއި، ފާލު ބެލުމާއި އަތް ބެލުމުގެ ހިދުމަތް ދެމުން އަންނަ ކަމަށް އެ ގުރޫޕުގައި ވަނީ ބުނެފަ އެވެ. 

މިހާތަނަށް މި ގުރޫޕުގައި 600 އަށް ވުރެ ގިނަ މީހުން ތިބި އިރު، ބައެއް މީހުން އަންނަނީ އެމީހުން ބޭނުންވާ ކަންކަން ކުރުމަށް ފައިސާ ދީގެން ސިހުރު ހަދަމުންދާ ކަމަށް ބުނެފަ އެވެ. 

މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ދި އިސްލާމިކް އެކްސޮސިޒަމް އިން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އެގޮތުން މި ގުރޫޕުގައި ސިހުރު ހެދުމަށް ބޭނުންކުރަމުންދާ ފޮތަކީ ދުނިޔޭގައި ސިހުރުވެރިން ސިހުރު ހެދުމަށް ބޭނުންކުރަމުން އަންނަ އެންމެ ބޮޑު އަދި އެންމެ ގެންލުންދެނިވި ސިހުރުތައް އެކުލެވިގެންވާ ފޮތް ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ.

މިކަމާއި ގުޅިގެން "ސީއެންއެމް" އިން މި މައްސަލަ ތަހުގީގު ކުރަމުން ދޭތޯ ފުލުހުންގެ މީޑިއާ އޮފިޝަލާއި، ސުވާލު ކޮށްލުމުން ވިދާޅުވީ އެކަން ބެލުމަށް ފަހު، ފަހުން ޖަވާބެއް އަރުވާނެ ކަމަށެވެ. 

ފަހަކަށްއައިސް ރާއްޖޭގައި ޓެލެގުރާމް ބޭނުން ކޮށްގެން އެކިއެކި ކުށްތަކަށް އަރައިގަންނަ މައްސަލަތައް އަންނަނީ ފެންމަތި ވަމުންނެވެ. އެގޮތުން އެއްޖިންސުން ގުޅުން ހިންގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދޭ ޓެލެގުރާމް ޕޭޖެއް އަދިވެސް ދަނީ ހިންގަމުން ކަން ފާހަގަ ކުރެވެ އެވެ. 

4%
ކަމުގޮސްފި
58%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް