ads
ރަޝިއާގެ ހަމަލަތަކުގައި އިމާރާތެއް ގޮއްވާލާފައި
ރަޝިޔާއިން ޔޫކްރެއިނަށް އަނެއްކާވެސް ހަމަލަ ދީފި
ޔޫކްރެއިންގެ ވެރިރަށް ކިއޭވްއަށް ރަޝިޔާއިން އަނެއްކާވެސް ކަމިކާޒީ ޑްރޯނުން ހަމަލަ ދީފިއެވެ.

މޭޔަރު ވިޓަލީ ކްލިޓްޝްކޯ ވިދާޅުވީ ތިންގޮވުމެއްގެ އަޑު އިވިފައިވާ ކަމަށާއި،  ކިއޭވްގެ މެދުތެރޭ ސަރަހައްދުގައި މީހުން ދިރިއުޅޭ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ރައީސް ޒެލެންސްކީގެ އޮފީހުގެ ވެރިޔާ އަންދްރީ ޔަރްމަކް ވިދާޅުވީ ހަމަލާތައް ދީފައި ވަނީ ކަމިކާޒޭ ޑްރޯންތަކުން ކަމަށެވެ.

މިއީ ރަޝިއާގެ ގިނަ މިސައިލްތަކަކުން ވެރިރަށަށް ދިން ހަމަލާއެއްގައި 19 މީހުން މަރުވިތާ ހަފުތާއެއްހާ ދުވަސް ފަހުންދިން ފުރަތަމަ ހަމަލާއެވެ.

މޭޔަރު ވިދާޅުވީ މީހުން ސަލާމަތްކުރާ މީހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެއާ ރެއިޑް ޝެލްޓާތަކުގައި އެސަރަހައްދުގައި ދިރިއުޅޭމީހުން މަޑުކުރުމަށް އަންގާފައިވާ ކަމަށެވެ. 

އީރާނުން ރަޝިއާއަށް ފޯރުކޮށްދިން ޑްރޯންތައް އަމާޒުތަކަށް ގޮސް ގޮމުގެ ކުރިން އެތައް ގަޑިއިރެއް ވަންދެން ވައިގެތެރޭ އެއްތަނެއްގައި މަޑުކުރެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޔޫކްރެއިން އިން ބުނަނީ ރަޝިއާއިން މީގެ ކުރިން ވެސް އެތަކެތި އެގައުމާ ދެކޮޅަށް ބޭނުން ކޮށްފައިވާ ކަމަށެވެ.

އީރާނުން އެތަކެތި ރަޝިޔާއަށް ސަޕްލައި ނުކުރާކަމަށް ބުނާއިރު، ރަޝިޔާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވީ މިދިޔަ ހަފުތާގައި ދިން ހަމަލާތަކަކީ ރަޝިއާ އާއި ހިފާފައިވާ ކްރިމިއާ ގުޅުވައިދޭ މުހިންމު ބްރިޖަކަށް ދިން ބޮމުގެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށާއި، އެ ހަމަލާގެ ޒިންމާ ނަގަންޖެހޭނީ ޔޫކްރެއިނުން ކަމަށެވެ.

މިއީ ހަނގުރާމައިގެ ތެރޭގައި ސީދާ ކިއޭވްގެ މެދުތެރެއަށް ހަމަލަ އަމާޒުވި ފުރަތަމަ ފަހަރެވެ.

މި ހަފުތާގެ ކުރީކޮޅު ޕޫޓިން ވަނީ ޔޫކްރޭނަށް އިތުރު ބޮޑެތި ހަމަލާތަކެއް ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި ކަނޑައެޅިފައިވާ ގިނަ ޓާގެޓްތަކަށް ހަމަލާ ދީފައިވާ ކަމަށާއި ގައުމު ހަލާކުކޮށްލުމަކީ ރަޝިއާގެ އަމާޒެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް