
އިތުރު 25 މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް އިމަޖެންސީ ސާވިސްއިން ބުނެއެވެ.
ޒަހަމްވި މީހުންގެ ތެރޭގައި އުމުރުން އަށް އަހަރާއި ދިހަ އަހަރާ ދެމެދުގެ ތިން ކުއްޖަކު ހިމެނޭ ކަމަށް އޮފިޝަލުން މީގެ ކުރިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ހަމީހަކު ގެއްލިގެން ހޯދަމުން އެބަ ގެންދެއެވެ.
ކްރަސްނޯޑާ ރީޖަންގެ ޑެޕިއުޓީ ގަވަރުނަރު އަނާ މިންކޯވާ ވިދާޅުވީ އިމާރާތުގެ މަތިން ވެއްޓުމުގެ ސަބަބުން ތިން މީހަކު މަރުވެފައިވާ ކަމަށެވެ.
މީގެ ކުރިން ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ ޖެޓްގެ ޕައިލެޓުން ވަނީ ސަލާމަތް ވެފައި ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ މަތިންދާބޯޓުގެ އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ޕައިލެޓުންނާ ހަވާލާދީ އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން ބޯޓު ފުރިތަނާހެން އެއް އިންޖީނުގައި އަލިފާން ރޯވެފައިވާ ކަމަށެވެ.
އަސްކަރިއްޔާއިން އިތުރަށް ބުނީ އެސްޔޫ-35 މަރުކާގެ އެމަތިންދާބޯޓުގައި ޓްރެއިނިން ފްލައިޓެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށާއި ޖެޓުގައި ހަތިޔާރު ހަރުކޮށްފައި ނުވާ ކަމަށެވެ.