ads
ކޭޓް (ވ) އަދި ޑަޔާނާ (ކ)
ކޭޓް އާއި ޑަޔާނާގެ ތަފާތު
ކުއްލި އަދި ނުރައްކާތެރި މަރެއްގައި އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސްގެ ކުރީގެ އަނބިކަނބަލުން ޑަޔާނާ އަވަހާރަވިތާ މިހާރު 25 އަހަރު ވެއްޖެއެވެ.

ޑަޔާނާ އަވަހާރަވިއރު ޗާލްސް އަކީ އިނގިރޭސި ވިލާތުގެ ވަލީ އަހުދެވެ. އެހެންކަމުން ޑަޔާނާ އަވަހާރަވީ އިނގިރޭސި ވިލާތުގެ ޕްރިންސަސް އެއްގެ ގޮތުގައި ހުރެގެންނެވެ.

ރާނީ އެލިޒަބަތު އަވަހާރަވުމާއެކު ވެރިކަމަށް އިސްވެ ވަޑައިގެންނެވި ޗާލްސް ވަނީ ވިލިއަމްއަށް ވަލީއަހުދުކަން އެރުވުމާއެކު، ކޭޓް އަކީ އިނގިރޭސި ވިލާތުގެ އައު 'ޕްރިންސަސް' ކަމަށް ކަނޑައަޅުއްވާފައެވެ. 

your imageފްރިންސް ވިލިއަމް އާއި ކޭޓް މިޑްލްޓަން--

ކޭޓްގެ މައިދައިތަ ޑަޔާނާ ފަދައިން އިނގިރޭސި ވިލާތުގެ ޕްރިންސަސް އަކަށް ކޭޓް އަށް ވެވުނު ނަމަވެސް، އޭނާއާއި ޑަޔާނާއި އެއްގޮތް ނުވާނެކަމަށް ގިނަ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ކޭޓް ގެންދަނީ ޑަޔާނާއާއި، އެއްގޮތަށް އުޅުމަށް މަސައްކަތް ކުރަމުންކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. 

ޑަޔާނާއާއި އެއްގޮތް ވުމުގެ ގޮތުން ހެދުން އެޅުމުގައިވެސް ކޭޓް ގެންދަނީ ޑަޔާނާ ކޮޕީ ކުރަމުންނެވެ. އަދި ވިލިއަމް އާއި ކޭޓް އެންގޭޖް ކުރީވެސް ޑަޔާނާގެ އެންގޭޖްމަންޓު އަގޮއްޓިންނެވެ. އަދި ރާނީގެ ޖަނާޒާއަށް ވެސް ކޭޓް ވަޑައިގަތީ، ޑަޔާނާ ތުރުކުރެއްވި ހެދުމެއް ލައްވައިގެންނެވެ. ޑަޔާނާގެ ގަހަނާ ވެސް ކޭޓް ދޭތެރެއަކުން ބޭނުން ކުރައްވައެވެ. 

your imageރާނީ އެލްޒަބަތު، ޕްރިންސަސް ޑަޔާނާ، އަދި ހެރީ އާއި މެގަން ދަރިކަަލުން އާޗީ އާއެކު——ފޮޓޯ:ސީއެންއެމް

"ޕީޕަލްސް ޕްރިންސަސް" ނުވަތަ ރައްތިތުންގެ ޕްރިންސަސްގެ ގޮތުގައި 1980 ގެ އަހަރުތަކުގެ ތެރޭގައި ޑަޔާނާ މަޝްހޫރު ވީނަމަވެސް، ކޭޓް އަށް އަދި އެލަގަބު ލިބުމާއި ގާތްވެސް ނުވާކަމަށް އިނގިރޭސި ޝާހީ އާއިލާގެ ފަތްފުއް ދިރާސާ ކުރާ މީހުން ބުނެއެވެ. 

"ކޭޓް އާއި ޑަޔާނާއަކީ ވަރަށް ތަފާތު ދެ މިޒާޖެއްގެ ދެ ބޭފުޅުން،" ޝާހީ އާއިލާގެ ކޮމެންޓޭޓަރެއް ކަމަށްވާ ރިޗާޑް ފިޓްޒްވިލިއަމްސް ބުނެފައިވެއެވެ. އޭނާ ދެކޭގޮތުން ކޭޓް އަށް ޑަޔާނާ ފަދަ ޝަހުޝިއްޔަތަކަށް ވުމަށް 10 ވަރަކަށް އަހަރު ލިބުނުނަމަވެސް، އެކަން އޭނާއަށް އަދިވެސް ހާސިލެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް ކޭޓް ވިސްނެވީ އަމިއްލަ ނަފްސާމެދުއެވެ.

ޑަޔާނާ އަކީ ފެޝަން އައިކޮން އެއްގެ ގޮތުގައިވެސް މަޝްހޫރު ބޭފުޅެކެވެ. އަދި އެންމެ ބޮޑަށް މީހުންގެ ހިތްތަކާ ޑަޔާނާ ކުޅެލާފައިވަނީ އުޅުއްވި ސާދާ ކަމާއި، ކިބުރުވެރިކަން ނެތުމާ، ބޮޑާކަން ނެތުން ފަދަ ސިފަތަކުގެ ސަބަބުންނެވެ. ޑަޔާނާ ވަނީ އެކަމަނާގެ ހަޔާތުގައި 100 އަށްވުރެ ގިނަ ފަހަރު، އެއިޑްސް، ލެޕްރަސީ އަދި ގެދޮރު ނެތް މީހުންނަށާއި، ލޭންޑް މައިން އެޅުމާއި ދެކޮޅަށް ބޮޑެތި އެހީތައް ދެއްވާފައެވެ. 

އެއިޑްސް ފަދަ ބަލި މީހުންނާއި ކައިރިވެ އުޅުއްވާއިރު، އަންގި ފަދަ ތަކެތި ނުލެއްވުމާ، ބަލި މީހުންނާ އޯގާތެރިކޮށް ހިތްތެވުމާ، އެފްރިކާ ފަދަ ގައުމުތަކަށް ވަޑައިގެން ފަގީރުންނަށް އެހީވެލެއްވުމުގެ އެތައް މަސައްކަތެއް ޑަޔާނާ ވަނީ އޭނާ ދުނިޔޭގައި އުޅުއްވި ކުރު ދުވަސްކޮޅުތެރޭގައި ކުރައްވާފައެވެ. 

"ކޭޓް އަކީ އެކަމަނާގެ އަމިއްލަ ނަފްސާމެދު ތެދުވެރިބޭފުޅެއް. ޑަޔާނާ ފަދަ ބޭފުޅަކަށް ވާން އަދި ކަރިވެސް ނުވޭ،" ރިޗާޑް ބުނެފައިވެއެވެ. 

 

57%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
36%
ވަރަށް ސަލާމް
ކޮމެންޓްސް