މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޕިއުލާ މޯލްޑިވްސްއަކީ ރިޔާޒް ރަޝީދުގެ ދެ ދަރިންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ކުންފުންޏަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ބައިމިލިއަނެއްހާ ޑޮލަރު ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުވާ އިތުރު ފަސް މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ މީހުންގެ ތެރޭގައި ރިޔާޒް ރަޝީދުގެ އިތުރުން އޭނާގެ މަސްލަހަތު ހިމެނޭ ޕޮޕިއުލާ މޯލްޑިވްސް ހިމެނެއެވެ. މިކަން ބައެއް މީޑިއާތަކުން ކަށަވަރުކަމާއެކު ރިޕޯޓުކޮށްފައިވެސްވެއެވެ.