
މިކަމާއި ގުޅޭ ގޮތުން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ، ހިޔާ ޓަވަރު ގެ ދޭއް ގައި ކިޔަވާ ކުދިންނަށް ހާއްސަކޮށް މިޒާ އިންސްޓިޓިއުޓްގެ ނަމުގައި ޓިއުޝަން ސެންޓަރެއް ހުޅުވާފައި ވާކަމަށާއި، މި ސެންޓަރުން ގްރޭޑު 1-12 އަށް ކިޔަވާއިދޭނެ ކަމަށެވެ.
އަދި މި ސެންޓަރު ހުޅުވުމާއި އެކު ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ލުއި ފަސޭހަ ކަމެއް ލިބިގެން ދާނެ ކަމަށެވެ.
އެޗްޑީސީއިން ދަނީ ހިޔާ ޓަވަރުގައި މީހުން ދިރިއުޅެން ފެށިފަހުން އެ ސަރަހައްދުގެ ރައްޔިތުންނަށް ފަސޭހައިން ހިދުމަތްތައް ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިހާރު އެ ސަރަހައްދުގައި ފިހާރަ އާއި ބޭސް ފިހާރަވެސް އެޗްޑީސީއިން ވަނީ މިހާރު ހުޅުވާފަ އެވެ. މީގެ އިތުރުންވެސް އެޗްޑީސީއިން އަންނަނީ ގިނަ މަސައްކަތްތަކެއް ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ކޮށްދެމުން ކަން ފާހަގަ ކޮށްލެވެ އެވެ.