މެލޭޝިއާ އަށް ވަޑައިގެން އަމިއްލަ ބޭނުންތަކުގައި މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ކާރެއް ބޭނުންކުރެއްވި ކަމަށް ބުނާ ވާހަކަތައް ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް ދޮގުކުރައްވައިފި އެވެ.

Advertisement
މެލޭޝިއާ އަށް ވަޑައިގެން އަމިއްލަ ބޭނުންތަކުގައި މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ކާރެއް ބޭނުންކުރެއްވި ކަމަށް ބުނާ ވާހަކަތައް ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް ދޮގުކުރައްވައިފި އެވެ.
މިނިސްޓަރު ޝިދާތާ މިވާހަކަތައް ދޮގުކުރައްވާފައި މިވަނީ އެކަމަނާ އާއިލާއާ އެކު މެލޭޝިޔާއަށް ވަޑައިގެން، އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އޮތް ދިވެހި ދައުލަތުގެ ކާރެއް ބޭނުން ކުރެއްވި މައްސަލައެއް ބެލުމަށް އޭސީސީއަށް ހުށަހަޅާފައި ވަނިކޮށެވެ.
އޭސީސީން ވަނީ މިނިސްޓަރު ޝިދާތާއާ ގުޅޭ މިފަދަ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅި ބަލަމުންދާ ކަން ޔަގީންކޮށްދެއްވާފަ އެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ޝިދާތާ މިރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މެލޭޝިއާ އެމްބަސީގެ ކާރެއް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ކާރެއް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ޝިދާތާ ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކުން މައްސަލަ ބެއްލެވުމުން އެކަމަނާ ވިދާޅުވާ އެއްޗެއް ސާބިތުވާނެ ކަމަށެވެ.
ވައުދުވީ ހިޔާލުފާޅުކުރުމާއި މީޑިއާގެ މިނިވަންކަން ހޯދައިދޭން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ ސަރުކާރުގެ ވަޒީރަކާ މެދު ކުރެވޭ ތުހުމަތެއް އޮތް ނަމަ އެފަދަަ މައްސަލަތައް ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ހުޅުވިފައި އޮތް ކަންވެސް މިއަދު މިދަނީ ފެންނަމުން ކަމަށެވެ.