ads
ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019 އަށް ފިނޭނިސްޓަރ އިބްރާހިމް އަމީރް ޒިޔާރަތްކުރައްވާ ބައްލަވާލުން - ފޮޓޯ: ވީ-ނިއުސް
ބިޒްނަސް އެކްސްޕޯ 2020، ފެބްރުއަރީ 23 އަދި 24 ގައި
ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2020 ފަށައިފި އެވެ.

އޯރކާ މީޑިއާ ގުރޫޕުން އިންތިޒާމްކޮށްގެން ފެބްރުއަރީ 23 އިން 24 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދާ މި އެކްސްޕޯގައި ވިޔަފާރީގެ ދާއިރާގެ 60 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރި ވެއެވެ. 

ބޮޑެތި ވިޔަފާރިތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބައިވެރިވާ މި އެކްސްޕޯގައި ކުންފުނިތަކާއި ވިޔަފާރިތަކުގެ އުފެންދުންތައް އާންމުންނަށް ދައްކާލާ، ވިޔަފާރީގެ ގުޅުން ބަދަހި ކުރަން ބޭނުންވާ ފަރާތްތަކަށް ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެކްސްޕޯ އިންތިޒާމް ކުރާ ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ. 

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯގައި މޯލްޑިވްސް ވިމެންސް ސަމިޓް، މޯލްޑިވްސް އެންޓަޕްރިނިއާޒް ސަމިޓް، މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓް، މޯލްޑިވްސް ޓޫރިޒަމް ޕްރޮފެޝަނަލްސް ސަމިޓް ގެ އިތުރުން މޯލްޑިވްސް ޓެކް ސަމިޓް އަދި ލޯކަލް އައިލެންޑް ޓޫރިޒަމް ކޮންފަރެންސް ކުރިއަށް ދާނެ އެވެ. 

ދެވަނަ އަހަރަކަށް ރާއްޖޭގައި ކުރިއަށް ގެންދާ މި އެކްސްޕޯގައި ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ އަދި ކުރަމުން އަންނަ ކާމިޔާބު ފަރާތްތަކުގެ ތަޖުރިބާތައް އެކްސްޕޯގެ ބައިވެރިންނާއި ހިއްސާ ކުރެވިގެން ދާނެ އެވެ. 

ފާއިތުވި އަހަރު ކުރިއަށް ދިޔަ ބިޒްނަސް އެކްސްޕޯ ނިންމާލާފައި ވަނީ ވަރަށް ކާމިޔާބު ކަމާއެކުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް