ads
ފޮޓޯ އެފްބީ: އިސްއިނާން އަލީ
ނެއްލައިދޫން ޓޫރިޒަމް މިނިސްޓަރަށް ތަފާތު މަރުހަބާއެއް
ހދ. އަތޮޅުގެ ރަށްތަކަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދު ﷲ މަޢުސޫމު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު ވަޑައިގެންނެވި ނެއްލައިދޫން ތަފާތު މަރުހަބާއެއް ކިޔައިފިއެވެ.

ޓޫރިޒަމަށް 50 އަހަރު، ހދ. އަށް އަންނަ އަހަރު" މި ޝިޔާރު ޖަހާފައިވާ ބެނާއަކާ އެކު، ނެއްލައިދޫ ބަނދަރު ސަރަހައްދު ވަނީ ވަރަށް ބޮޑަށް ތައްޔާރުކޮށްފަ އެވެ.

your imageނެއްލައިދޫ މީހުންގެ މުޒާހަރާގެ ތެރެއިން

ނެއްލައިދޫ މީހުންގެ ހިތްހަމަނުޖެހުމަކަށްވީ ރާއްޖޭގެ ތިން ވަނައަށް އެންމެ އާބާދީ ބޮޑު ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުތަކުން އަޅާ ނުލާ ދޫކޮށްލާ މައްސަލަ އެވެ. ހދ. އަތޮޅުގައި ނާގޮއްޓާއި ކުޑަމުރައިދޫ ރިސޯޓް ހަދަން ދޫކޮށްފައިވާއިރު ނާގޮއްޓަކީ 2007 ވަނަ އަހަރު ދޫކޮށްފައިވާ ރަށެވެ.

your image

އެގޮތުން، ރިސޯޓެއްގައި ފުރިހަމަވެފައި ހުންނަ ތަފާތު ހިދުމަތްތަކުގެ މަޖާ މޮޑެލްތަކެއް ވަނީ ބަހައްޓާފައެވެ. މިސަރުކާރުގެ ބައެއް ވައުދުތަކާ ގުޅިފައިވާ ބޯޑުތައް ވެސް މިހަރާކަތުގެ ތެރޭގައި ބަހައްޓާފައިވެ އެވެ.

your imageނެއްލައިދޫން ޓޫރިޒަމް މިނިސްޓަރަށް ކީ މަރުހަބާ-- ފޮޓޯ: އެޑަމް

މިނިސްޓަރ، ޑރ. ޢަބްދު ﷲ މައުސޫމާއި، ޓޫރިޒަމް މިނިސްޓްރީގެ ޓީމުންވަނީ މިތަނަށް ވަޑައިގެން ތަން ބަލައި، ފޮޓޯވެސް ނަގާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް