މި ޕްރޮގުރާމަކީ، މިލަންދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ކުރިޔަށް ގެންދެވޭ ޕްރޮގުރާމެކެވެ. 15 ނޮވެންބަރުގައި ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފައެވެ.
ޕްރޮގުރާމު ފުރިހަމަ ކުރާ ފަރާތްތަކަށް ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން ސެޓްފިކެޓް ލިބޭނެއެވެ. މިއީ ށ. އަތޮޅު ކައުންސިލުން ފަންޑު ކޮށްގެން ބޭއްވޭ ޕްރޮގުރާމެކެވެ.
މި ޕްރޮގުރާމުގަައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ 27 އޮކްޓޯބަރުގައެވެ.