ads
ނެހާ އާއި އަދިތުޔާ--
ނެހާ ކައްކަރު ބުނީ މިއަހަރު އަދިތުޔާ ކައިވެނި ކުރާނެ ކަމަށް
އިންޑިއަން އިއިޑަލްގެ ޖަޖެއްގެ ގޮތުގައި ފެނިގެންދާ ނެހާ ކައްކަރާއި އެ ޝޯ ހުށަހަޅައިދޭ އަދިތުޔާ ނާރިޔަންގެ މެދުގައި ގުޅުމެއް އޮންނަކަމަށް ދެއްކުމަށްޓަކައި ޝޯގެ އުފެއްދުންތެރިން ނުކުރާކަށް ކަމެއް ނެތެވެ. ދެ ފަރާތުގެ މައިންބަފައިން ޝޯއަށް ގެނެސް، އެކަމަށް ދެއާއިލާ ވެސް ވަރަށް ރުހޭކަން ދެއްކުމުގެ އިތުރުން ޝޯގައި ކައިވެނިކުރާ ކަމަށް ބެލެވޭ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިިއާއަށް ހިއްސާކުރި އެވެ.

ދެތަރިން ރައްޓެހިވިކަމުގެ އަޑުތައް ވެސް އަރާފައިވަނިކޮށް އަދިތުޔާ ވަނީ އެކަންކަމަކީ ޝޯގެ ބެލުންތެރިން އިތުރުކުރުމަށް ޖެއްސި ސްޓަންޓެއް ކަމަށް ވެސް ބުނެފަ އެވެ. އަދިތުޔާއާ ގުޅިގެން ނެހާ ބުނީ އެއީ ވަރަށް ރަނގަޅު މީހެއް ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އަދިތުޔާއާ އޭނާ ލޯބީގެ ގޮތުން އެތަކެއް އަހަރެއްވަންދެން ގުޅިގެން އުޅޭ އަންހެން ކުއްޖާއާ ކައިވެނިކުރާނެ ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެއީ ކާކު ކަމެއް ނުބުނެ އެވެ.

މީގެ ކުރިން އަދިތުޔާގެ މައިންބަފައިން ވަނީ ނެހާ ވަރަށް ކަމުގޮސްގެން އެ ވާހަކަ ދައްކާފަ އެވެ. އެގޮތުން ބުނީ އެމީހުންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު، އަދިތުޔާ ކައިވެނިކުރާނެ ދުވަހަކަށް ކެތްމަދުވެފައިވާ ކަމަށެވެ. އަދި ނެހާ ވަރަށް ކަމުދާ ކަމަށް ވެސް ބުންޏެވެ.

ގިނަ ރީތި ލަވަ ތަކެއް ހުށަހަޅައިދީފައިވާ ނެހާ ވަނީ ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ.

އޭނާއަކީ ބޮލީވުޑުގައި މިހާރު ހުރި އެންމެ ކުޅަދާނަ އަންހެން ލަވަކިޔުންތެރިޔާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ނެހާ ކިޔާފައި ހުރި ބައެއް ލަވަތަކުގެ ތެރޭގައި "ޗީޒް ބަޅީ" އާއި "މިލޭ ހޮ ތުމް ހަމްކޯ" އާއި "ދިލްބަރް" އާއި "ކޮކާ ކޯލާ" އާއި "ކާލާ ޗަޝްމާ" އާއި "ޗަމްމާ ޗަމްމާ" އާއި "މާހީ ވޭ" އަދި "އާންކް މާރޭ" ހިމެނެ އެވެ

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް