ހަބަރު /

ޕްލާސްޓިކް ފްރީ ވާވު ޕްރޮޖެކްޓް
ޕްލާސްޓިކް ފްރީ ވާވު ޕްރޮޖެކްޓް ފަށައިފި
އަހުމަދު ހަސަން
22 އޮކްޓޯބަރ 2022 - 20:20:45
ވ. އަތޮޅުން ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދު ކުރުމަސް "ޕްލާސްޓިކް ފްރީ ވާވު" ގެ ނަމުގައި ހާއްސަ ޕްރޮޖެކްޓެއް ފަށައިފިއެވެ.
މި ޕްރޮޖެކްޓަކީ ވ. އަތޮޅު ކައުންސިލާއި ލިވް އެންޑް ލާން އެމްވީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މިއީ މައުލޫމާތު ލިބިފައިވާ ގޮތުގައި ގްލޯބަލް އެންވާރަމަންޓު ފަންޑުގެ ސްމޯލް ގަރާންޓްސް ޕްރޮގްރާމް އަދި ޔޫއެންޑީޕީ މޯލްޑިވްސް އިން ފަންޑު ކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓުގެ ދަށުން ވ. އަތޮޅަށް ދަތުރުކުރާ އޮޑި ދޯނި ފަހަރު އަދި ލޯންޗުތަކުން ދަތުރުކުރާ ފަރާތްތަކުން ބޭނުންކުރާ "ސީ ސިކްނެސް ބޭގްސް" ނުވަތަ ހޮޑުލުމަށް ބޭނުންކުރެވޭ ކޮތަޅު ތަކަކީ ތިމާވެއްޓާއި ރައްޓެހި ޑިސްޕޯސެބަލް ކޮތަޅު ތަކަކަށް ހެދުމަށް ވަނީ ނިންމާފަ އެވެ. އެއީ ރާއްޖޭގައި ވެސް މިކަން ކުރާނެ ފުރަތަމަ ފަހަރެވެ. އަދި މިކަން އިންތިޒާމުކުރުމަށް އެ އަތޮޅަށް ދަތުރު ރާވާ ފަރާތްތަކާއި ގެސްޓް ހައުސް ތަކާ އެކު މަޝްވަރާ އަތޮޅު ކައުންސިލުން މަޝްވަރާ ކުރާނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް