ads
ފ. ނިލަންދޫ
ނިލަންދޫ ނަރުދަމާ ނިޒާމް ހައްލު ކުރަން 25 މިލިއަން ރުފިޔާ ބޭނުންވޭ
ފ. ނިލަންދޫގެ ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް އެއްކޮށް ހައްލުކުރުމަށް، 25 މިލިއަން ފުރިޔާ ބޭނުންވާ ކަމަށް ލަފާ ކުރެވޭ ކަމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ އެންވާރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ރިޕޯޓުގައި ބުނެފިއެވެ.
Advertisement

ފ. ނިލަންދޫގެ ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް އެއްކޮށް ހައްލުކުރުމަށް، 25 މިލިއަން ފުރިޔާ ބޭނުންވާ ކަމަށް ލަފާ ކުރެވޭ ކަމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ އެންވާރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވާއިރު، އެ ރިޕޯޓަކީ، ނިލަންދޫ ނަރުދަމާ ނިޒާމް ހަލާކުވެ އެ މައްސަލަ ހައްލުނުވެ ގިނަ ދުވަސްވެގެން ގޮސްފައިވާތީ އެ މައްސަލަ ހައްލުކޮށްދިނުން އެދި ސަރުކާރަށް ގޮވާލައި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު ހުށަހެޅި ގަރާރު ދިރާސާކޮށް ހެދި ރިޕޯޓެވެ.

މި ރިޕޯޓު ކޮމިޓީން ނިންމައި މިހާރު މަޖިލީހަށް ފޮނުވާފައިވާއިރު، ރިޕޯޓުގައި ބުނެފައިވަނީ ނިލަންދޫގެ ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލަ އެއްކޮށް ހައްލު ކުރުމަށް 25 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ފައިސާ ހަމަ ޖެހޭތާ 6 މަސް ދުވަހުގެ ތެރޭގައި މައްސަލަ އެއްކޮށް ހައްލު ކުރެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލާދީ ރިޕޯޓުގައި ބުނެފައިވެއެވެ.

ނިލަންދޫގެ ނަރުދަމާގެ ނިޒާމަކީ ޔުނިސެފްގެ އެހީއާއެކު 2007 ވަނަ އަހަރު ގާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމެކެވެ. ނަރުދަމާގެ ނިޒާމްގެ މަސައްކަތް ނިންމައި ރަށު ކައުންސިލާ ހަވާލުކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރުއެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމުނު ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ނަރުދަމާގެ ނިޒާމް މައްސަލަތައް ދިމާވާން ފެށިއެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން މި ދިމާވަމުން އައި މައްސަލަތައް ހައްލު ނުވެ އެއްމެ ފަހުން މުޅި ނިޒާމް ބޮއްސުން ލީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް