
ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް ދީފި
މުހައްމަދު ރީހާން
24 އޮކްޓޯބަރ 2022 - 17:14:48
މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 ފަރާތަކަށް ދީފި އެވެ.
ޒުވާނުންގެ އެވޯޑް އަކީ އެކި ދާއިރާތަކުން ޒުވާނުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ ކޮންމެ އަހަރަކު ވެސް ސަރުކާރުން ދެމުން އަންނަ އެވޯޑެކެވެ.
މިކަމަށްޓަކައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި މި އެވޯޑް ޒުވާނުނަށް ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ.
އެވޯޑް ހާސިލު ކުރި ފަރާތްތައް:
- ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ: މުހައްމަދު ޖައިލަމް
- ކުޅިވަރުގެ ދާއިރާ: ނީޝާ ހަލީމް
- ދަރުމަވެރި ކަމުގެ ދާއިރާ: ފިރާޝާ މުހައްމަދު
- ޒުވާނުން ބާރުވެރި ކުރުމުގެ ދާއިރާ: އަބްދުﷲ ޝަހުނީޒް
- ދިވެހި ބަހާއި ސަގާފަތަށް ހިދުމަތް ކުރުމުގެ ދާއިރާ: އަލީ އަމީރު
- ފަންނުވެރިކަމުގެ ދާއިރާ: ޢަބްދުﷲ ޝަފީއު
- މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ: އާފިރު މުހައްމަދު
- ދަނޑުވެރިކަމުގެ ދާއިރާ: އަލީ ރަޝީދު
- ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ: އިބްރާހިމް ޝަރީފް ހަސަން
- ނެޝަނަލް ޔޫތް ވޮލަންޓިއާ ޕްރޮގްރާމްގެ ތެރެއިން ޔޫތު މިނިސްޓަރު ދެއްވާ ހާއްސަ އިނާމް: އަހްމަދު އަހްނަފް ފިރާގު
ޒުވާނުންގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް