ads
ރައީސް ނަޝީދު
ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ނުބުނެވޭނެ ޖާގައެއް ނެތް: ރައީސް ނަޝީދު
ފޯޅަވައްސަކީ މިވަގުތު އެއްވެސް ގައުމެއްގެ ތަނެއް ނޫން ކަމަށާއި، ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ނުބުނެވޭނެ ޖާގައެއް ނެތް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖޭގެ އެންމެ ދެކުނަށް އޮތް ޗާގޮސް އައިލެންޑްގެ ރަށްތަށް އިނގިރޭސި ވިލާތުގެ އިސްތިއުމާރު ނިމުމަކަށް ގެނެސް އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އައިސީޖޭން 2019 ގައި ނެރުނު އެޑްވައިޒަރީ އޮޕީނިއަންގައި ކަނޑައަޅާފައިވަނީ ޗާގޮސް އާކިޕެލާގޯއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއްކަމަށެވެ. 

އެހެންނަމަވެސް އެ ލަފާ ތަންފީޒުކުރުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ހުރިހާ ގަރާރަކަށް ހުރިހާ މި ވީހާތަނަށް ރާއްޖޭން ވަނީ ދެކޮޅުހަދައިފަ އެވެ. އެހެންނަމަވެސް މި ވިސްނުން ބަދަލުކޮށްފައިވާކަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ގައި ހިނގަމުންދާ ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ރާއްޖޭން ވަނީ ހާމަކޮށްފަ އެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދެއް ގެއްލޭނެ ކަމަށް ބުނެ ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

މިކަމާއި ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފޯޅަވަހި އަކީ މިވަގުތު ވަކި ގައުމެއްގެ ތަނެއް ނޫން ކަމަށާއި، އެތަން ބަލަހައްޓަނީ އިނގިރޭސިން ކަމަށެވެ. 

އަދި ފޯޅަވަހި އެއީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. 

"އިހުޒަމާނުގައި ފޯޅަވަހި އެއީ މީހުން ދިރިއުޅޭ ތިޔާގި ރަށެއް. 1500 ގެ އަހަރުތަކަށް ފަހު ކުރަހަމުން އައި ގިނަ ދިވެހިރާއްޖޭގެ ޗާޓް ތަކުގައި އައްޑޫގެ ދެކުނުގައި އެވާ އަތޮޅަކީ ފޯޅަވަހި. 1560 ވަނަ އަހަރު ނުވަ ވަނަ ހަސަން ރަސްގެފާނު ގެ ސިޓީއެއްގައި އެ ރަދުން ބަޔާން ކުރައްވަނީ ފޯޅަވަހީގެ ހަތް ރަށް އެއީ ރާއްޖޭގެ ރަށްރަށް ގޮތުގަ." ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ނެވިން ރާއްޖޭގެ ސަރަހައްދު ބަޔާން ކުރަނީ ފޯޅަވަހި އާއި އެކު ކަމަށާއި، ފޯޅަވައްސަކީ ރާއްޖޭގެ ރަށެއް ކަމަށް ބުނުމަށް ކިތަންމެ ތާރީހީ އަދި ސަގާފީ ގުޅުމުގެ ހެކި އެބަހުރި ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް