މިއަދު ހެނދުނުން ފެށިގެން ވަޓްސްއަޕް އިން މެސްޖު ފޮނުވުމާއި މެސެޖު ލިބުމުގައި ދަތިތަކާއި ދަނީ ކުރިމަތިވަމުންނެވެ.
މިކަމާއި ގުޅިގެން ވަޓްސްއަޕްގެ ބެލެނިވެރި ފަރާތް ކަމުގައިވާ މެޓާ އިން ވަނީ ދިމާވި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތަކުގައި ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް މައްސަލަ ހައްލު ކުރެވޭނެ ވަގުތު ބުނަން ނޭނގޭ ކަމަށް މެޓާ އިން ވަނީ ބުނެފަ އެވެ.
މިހާތަނަށް މި މައްސަލަ ދިމާވެގެން ގާތްގަނޑަކަށް 24613 ޔޫޒަރުން މައްސަލަ ޖައްސާފައި ވާކަމަށްވެސް ރިޕޯޓް ތަކުގައި ވަނީ ބުނެފަ އެވެ.
ބޮޑަށް މައްސަލަ ޖެހިފަ ވަނީ އޭޝިއާ ސަރަހައްދުގައި މި ހިދުމަތް ބޭނުން ކުރަމުން އަންނަ ފަރާތްތަކަށް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.