ދިޝާގެ ނޭފަތް ބަދަލުވެފައިވާކަން ފޭނުންނަށް އެނގުނީ އެކްތާ ކަޕޫރުގެ ދިވާލީ ޕާޓީއަށް އޭނާ ގޮސް ބައެއް ފޮޓޯތައް އިންސްޓަގްރާމަށް ލުމުންނެވެ.
އޭނާގެ ފޮޓޯތަކަށް ކޮމެންޓުކުރި އެކަކު ބުނެފައިވަނީ "ހުރިހާ ފިލްމެއް ފްލޮޕްވާއިރު ދިޝާ ނޭފަތައްވުރެ އެކްޓިން އަށް ފޯކަސްކުރުން މާ މުހިންމު،" ކަމަށެވެ.
އަނެއްބަޔަކު ބުނަނީ ދިޝާގެ ނޭފަތް ބަދަލުކުރުމުގެ ކުރިން އޭނާގެ ނޭފަތް މާރީތިކަމަށެވެ.
ނަމަވެސް އޭނާގެ ނޭފަތް ބަދަލުކުރިކަން ނުވަތަ ނޫންކަން އޭނާ ހާމައެއް ނުކުރެއެވެ. އަދި ފޭނުންގެ ފާޑުކިއުންތަކަށް ރައްދެއްވެސް ނުދެއެވެ.