ads
ސޯނަމް ކަޕޫރު
ވިހޭތާ ދެ މަސް: ސޯނަމް ކަޕޫރު ފިޓްވުމުގެ މަސައްކަތް ފަަށައިފި
ސޯނަމް ކަޕޫރަކީ ވިހެއުމަށްފަހު މަޑުމަޑުން ފަސޭހަވަމުން އަންނަ އާ މަންމައެކެވެ. އޭނާގެ ފިރިމީހާ ވިޔަފާރިވެރިޔާ އާނަންދު އަހޫޖާ ވަނީ މީގެ ގާތްގަނޑަކަށް ދެ މަސް ކުރިން ފުރަތަމަ ދަރިފުޅު، ދަރިފުޅު ވަޔޫ ކަޕޫރު އަހޫޖާއަށް މަރުހަބާ ކިޔާފައެވެ.

އިންސްޓަގްރާމްގައި މިކަން އިއުލާން ކުރަމުން އެމީހުން ލިޔެފައި އޮތީ، “20.08.2022 ވަނަ ދުވަހު އަހަރެމެންގެ ރީތި ތުއްތު ފިރިހެން ކުއްޖާއަށް މަރުހަބާ ކިޔުނީ ބޯ ޖައްސާލައިގެން، ހިތް ހުޅުވާލައިގެން. މި ދަތުރުގައި އަޅުގަނޑުމެންނަށް އެހީތެރިވެދެއްވި ހުރިހާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ރައްޓެހިންނާއި، އާއިލާއަށް ޝުކުރު ދަންނަވަން. އެއީ ހަމައެކަނި ފެށުމެއް، އެކަމަކު އަހަރެމެންނަށް އެނގޭ އަހަރެމެންގެ ދިރިއުޅުން އަބަދަށްޓަކައި ވަނީ ބަދަލުވެފައި،" ކަމަށެވެ. 

އޭނާ ޝެއާ ކުރި އިންސްޓަގްރާމް ރީލެއްގައި އޭނާ ފެނުނީ އޭނާގެ ހަށިގަނޑު ބަލިވެއިނުމުގެ ކުރިން ހުރިގޮތަށް ބަދަލުކުރުމަށް މަސައްކަތް ފެށިތަނެވެ. 

އުމުރުން 37، ސޯނަމް ކަޕޫރު މޭކަޕް ފްރީ ލުކެއް ދައްކާލިއިރު، ކަޅުކުލައިގެ ސްޓްރެޗީ ފަޓުލޫނަކާއި ކަޅުކުލައިގެ ސްވެޓްޝާޓެއް ލައިގެން ހުރިތަން އެ ރީލުން ފެނެއެވެ. އެކްޓަރު ވަނީ ޕައިލެޓްސްގެ ބައެއް ރޫޓިންތަކާއި ބައެއް ސްޓްރެޗިން ކަސްރަތުތައް ވެސް ކޮށްފަ އެވެ. އެ ސްކްރީނުގައި ލިޔެފައި އޮތީ “ވޯކިންގ މަދާރ ލައިފް” އެވެ.

"އަހަރެންގެ އަސްލު ސައިޒަށް އަނބުރާ ދިއުމަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ،" ހީލަމުން އޭނާ ބުންޏެވެ.

އެކްޓަރު ވަނީ އޭނާގެ ރޫޓިންގެ ރަންޑައުންއެއް ހިއްސާކޮށް، މީޓިންއަކަށް ގޮސް، ދެން ދަރިފުޅަށް ކާންދީ، އޭގެ ފަހުން އަނެއްކާވެސް މީޓިންއަކާއި ކާންދޭ ސެޝަނެއް، ދެން ކެއުމާއި ނިދުމާއި ޕަމްޕް ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

 "އަހަރެން މިހުރީ ވަރުބަލިވެފައި،" ވީޑިއޯގައި ބުނެފައި ވަނީ މިހާރު ނިދަން ބޭނުންވާ ކަމަށެވެ.

އެ ދެމަފިރިންގެ ތުއްތު ދަރިފުޅުގެ ފޮޓޯއެއް ރަސްމީކޮށް އާންމުކޮށްފައި ނުވާއިރު، މީގެ ހަފްތާތަކެއް ކުރިން އެ ދެމަފިރިން ވަނީ ‘ވާޔޫ’ ނަމުގެ މާނަ ވެސް ވަނީ ހިއްސާކޮށްފައެވެ. ވާޔޫ އަކީ އެމީހުންގެ ކަލާނގެއެއްގެ ނަން ކަަމަށް ދެމަފިރިން ބުނެއެވެ.

 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް