ads
އަންޝުލާ ކަޕޫރު
ވަރަށް ގިނައިން މަތިމަސް އުފުރަން ޖެހުނު: އަންޝުލާ ކަޕޫރު
އޭނާގެ ހަށިގަނޑުގައި ހުރި ބައްޔެއްގެ ސަބަބުން ކޮންމެ ދެތިން ހަފްތާއަކު ކަހަލަގޮތަކަށް މަތިމަސް އުފުރަން ނުވަތަ ވެކްސް ކުރަން ޖެހުނުކަމަށް އަންޝުލާ ކަޕޫރު ހާމަކޮށްފިއެވެ.
Advertisement

އޭނާގެ އެންމެ ލަތުވެތި އުނދަގޫތައް ހަނދާންކޮށް އެކަން ކިޔައިދެމުން އޭނާ ބުނީ، ވަރަށް ގިނައިން ސްކޫލަށް ނުދެވޭކަން ހަނދާންވާކަމަށެވެ. މި ވާހަކަތައް ކިޔައި ދިނުމުގެ ބޭނުމަކީ އޭނާއަށް ޖެހުނު ބައްޔާމެދު އެހެން މީހުންވެސް ހޭލުންތެރިކުރުވުން ކަމަށް އެނާ ބުނެއެވެ. 

އެކްޓަރު އަރްޖުން ކަޕޫރުގެ ކޮއްކޮއެއް ކަމަށްވާ އަންޝުލާ އިތުރަށް ހިއްސާކުރި ގޮތުގައި “ޕީރިއަޑް ވަރަށް ގަވާއިދާ ހިލާފުވެ، އަންނަ ކޮންމެ ފަހަރަކު އިންތިހާއަށް ތަދުވާނެ ޑިސްއޯޑަރެއް ހުރި ކަމަށާއި ހަފްތާތަކެއް ވަންދެން ދެމިގެންދާނެ” ކަމަށެވެ.

އަންޝުލާ ހިއްސާކުރި ގޮތުގައި އޭނާގެ "ވަރުގަދަ ޕަންޖާބީ ޖީންތަކުގެ" ސަބަބުން އަބަދުވެސް ގަދަ އިސްތަށިގަނޑާއި ބޮޑެތި ބޮޑުވުންތަކެއް ހުންނަކަމަށެވެ. 

"އަހަރެން ހަނދާންވޭ 10 ވަނަ ގްރޭޑުގައި ކޮންމެ ދެތިން ހަފްތާއަކުން މޫނުމަތީގައި ވެކްސް ޖަހައި ސައިޑްލޮކްސް ބްލީޗް ކުރަން ޖެހުނު،" އޭނާގެ ބަލީގެ ވާހަކަ ކިޔައިދެމުން ބުންޏެވެ.  

“އަހަންނަށް ޕޮލިސިސްޓިކް އޯވަރީސް (ޕީސީއޯއެސް) ޖެހިފައިވާކަން އެނގުނީ އުމުރުން 14 އަހަރުގައި، މިހާރު ބޮޑެތި މީހުންގެ ގޮތުގައި އަހަންނަށް އެނގޭ އެއީ ކިހާ އާންމު ކަމެއްކަން. އެކަމަކު އޭރު ދުވަހަކުވެސް އެ ވާހަކައެއް ނުދައްކާ. އަހަރެންނަށް ހީވީ ޕީސީއޯއެސްގެ އެތައް އަލާމާތްތަކަކާ ކުރިމަތިލާން ޖެހެނީ ހަމައެކަނި އަހަރެން ހެން — މޫނުގައި އިސްތަށިގަނޑު، އިންސިއުލިން ރެސިސްޓެންސް، ބަރުދަން އިތުރުވުން، ބަރުވުން، ތަދުވާ ޕީރިއަޑް، އަދި އެނޫންވެސް އެތައް ކަމެއް.”

ޕީސީއޯއެސް (ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް) އަކީ ގަވާއިދާ ހިލާފަށް، މަދު، ނުވަތަ ނެތް ޕީރިއަޑްތަކެއް ކުރިމަތިވާ އާންމު އެންޑޮކްރައިން ޑިސްއޯޑަރެކެވެ. ނަމަވެސް އެނގެން ޖެހޭ ކަމަކީ ހޯރމޯންގެ މައްސަލަ ހަމައެކަނި ގަވާއިދާ ހިލާފަށް މައްސަރު ކަންތައް ކުރުމުން މާ ދުރަށް ދާ ކަމެވެ. އެއީ އިސްތަށިގަނޑު މާގިނައިން ބޮޑުވުމާއި، މޫނުގައި ބިހިނެގުމާ، އަދި ބަރުދަން އިތުރުވުން ފަދަ ކަންކަން މެދުވެރިކުރުވާ ކަމެކެވެ. ޕީސީއޯއެސްގައި ބިސް އުފައްދާ ތަކެތީގައި މިލިމީޓަރުގެ ސައިޒުގެ ކުދިކުދި ސިސްޓްތައް އުފެދި އޯވަރީގެ ސައިޒު އިތުރުވެގެން ދެއެވެ. އަދި އޯވަރީން ފިރިހެން ހޯމޯން އުފައްދަން ފަށައެވެ. 

46%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް