ads
ކެޓީ ޕެރީގެ ލޮލަށް ގޮތެއްވެފައި
ކެޓީ ޕެރީގެ ލޮލަށް ގޮތެއްވެއްޖެ
މަޝްހޫރު ލަވަކިއުންތެރިއާ ކެޓީޕެރީ ލަސްވެގަސްގައި ޝޯއެއް ދެނިކޮށް އޭނާގެ އެއް ލޮލަށް ގޮތެއްވެއްޖެއެވެ.

ވީޑިއޯއިން ފެންނަނީ ސްޓޭޖް މަތީގައި ހުއްޓާ އޭނާގެ އެއްލޯ މެރޭތަނެވެ. އަދި ލޮލުގެ ކަނެއްގައި އައްލައިގެން ލޯ ރަނގަޅުކުރާ މަންޒަރުވެއް ފެނެއެވެ. ނަމަވެސް އަނެއްކާވެސް އޭނާގެ ލޯ ލެއްޕެއެވެ.

މިކަމާ ގުޅިގެން ފޭނުން ކަންބޮޑުވުން ފާޅުކުރުމުން އޭނާވަނީ އެނާގެ އެއްވެސް ސިއްހީ މައްސަލައެއް ނެތްކަން ހާމަކުރުމުގެ ގޮތުން އަންނަ އަހަރުވެސް ޝޯއެއް ދޭން ލަސްވެގަސް އަށް ދާނެކަމަށް ބުނެފައެވެ. އަދި އޭނާގެ ލޮލަށް ވީގޮތާމެދު އޭނާ ވަނީ އަމިއްލައަށް ޖޯކު ޖަހައި އެއީ ހަލާކުވެފައިވާ ބުދެއްފެ ލޯކަމަށް ބުނެފައެވެ. 

މިދިޔަ އަންގާރަ ދުވަހު ޕެރީގެ 38 ވަނަ އުފަންދުވަސް ވަނީ ފާހަކަކޮށްފައެވެ.  ފާހަގަކުރީ ފިރިމީހާ އޮރލަންޑޯ ބްލޫމްގެ އަތާއި އަތާއި ތިން އަހަރުގެ އަންހެން ދަރިފުޅު ޑޭޒީގެ އަތް އެކަކު އަނެކެއްގެ މައްޗަށް އިށީނދެގެން ތިބި އައިޖީ ޕޯސްޓަކުންނެވެ.  ކެޕްޝަންގައި ލިޔެފައިވަނީ، “އެވަރ ޓައިމް އައި ބްލޯ އަ ކެންޑެލް އައުޓް އައި އޯލްވޭސް ވިޝް ފޯ ޔޫ." މިހެންނެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް