ޖާވްނީ މިކަން ދޮގުކޮށްފައިވަނީ "ބޮލީވުޑް ބަބަލް" އާއި ވާހަކަ ދައްކަމުންނެވެ.
"ރޫހީ" ގެ ބަތަލާގެ ލޯބީގެ ވާހަކަތައް އަނެއްކާ ވެސް އަޑު ގަދަވެފައި މިވަނީ އޭނާ އޮރްހާން އަވަޓްރަމާނީއާ އެކު ދިވާލީ ފާހަކުރަން ބޮލީވުޑް އެކްޓަރުން ބޭއްވި ޕާޓީއެއްގައި ބައިވެރިވިތަން ފެނުމުންނެވެ.
އުމުރުން 25 އަހަރުގެ ބަތަލާ އެންމެ ފަހުން ފެނިފައިވަނީ "ޑިޒްނީ+ ހޮޓްސްޓާ" އިން ރިލީޒްކުރި "ގުޑް ލަކް ޖެރީ" އިންނެވެ. މިހާރު، އޭނާގެ ކުރިއަށް އޮތް ފިލްމު "މިލީ" ބޮޑު ސްކްރީނަކަށް ރިލީޒް ކުރުމަށް ވަނީ ތައްޔާރުވެފައެވެ.