ads
އޮޕަރޭޝަން ހޭހަން ފެށުމާއިއެކު ސިއްހީ ފަރުވާ ގައިދީން މިއަދު މާލެއަށް ގެނެސްފައިވޭ
ގައިދީންއަށް ހާއްސަ ” އޮޕަރޭޝަން ހޭހަން“ ފަށައިފި
ޖަލުގައި ދެވެން ނެތް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގައިދީން ގެންދިއުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަވިސް (އެމްސީއެސް) އިން ކުރިއަށް ގެންދަން ނިންމާފައިވާ އޮޕަރޭޝަން ހޭހަން ފަށައިފި އެވެ.

އޮޕަރޭޝަން ހޭހަން އަކީ ޖަލުގައި ތިބި ގައިދީންނާއި ބަންދުމީހުންގެ ތެރެއިން ހާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ މީހުން ތިބުމާއި އެކު، އެމީހުން ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށާއި، ޖަލުގައި ދެވެން ނެތް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ނުވަތަ އެނޫންވޭސް ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ގެންގޮސްގެން ދިނުމަށް ހިނގާ ހާއްސަ އޮޕަރޭޝަން އެކެވެ.

މިއަދު މި ފެށި އޮޕަރޭޝަން ކުރިއަށްދާނީ ތިން ހަފްތާގެ މުއްދަތަށެވެ. ކޮމިޝަނާ އޮފް ޕްރޮޒަންސް އަހުމަދު މުހައްމަދުފުޅު މިއަދު ވިދާޅުވީ، އެ އޮޕަރޭޝަނާއިއެކު ޖަލުތަކުގައި ހާއްސަ ފަރުވާ ބޭނުންވެފައި ތިބި ގައިދީންގެ ބެކްލޮގް މަދުކުރެވި ފުރިހަމަ ފަރުވާއެއް ދެވިގެންދާނެ ކަމަށެވެ.

އެ ގައިދީން ހޮސްޕިޓަލުތަކަށް ގެންދިއުމުގައި އެކަމަށް ތަމްރީނުކުރެވިފައިވާ ހާއްސަ އޮފިސަރުންތަކެއް ބައިވެރިވާނެ ކަމަށްވެސް އަހްމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.

އެގޮތުން 70 އަށްވުރެ ގިނަ އޮފިސަރުންގެ ބެލުމުގެ ދަށުން މި ޕްރޮގްރާމް ކުރިއަށް ގެންދަނީ، މާލޭގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި މަޝްވަރާ ކޮށްގެނެވެ.

ސިއްހީ ހިދުމަތްދޭ މައި މަރުކަޒު މާލޭ ޖަލުގައި ގާއިމުކުރެވިފައިވިޔަސް، ހުރިހާ ޖަލުތަކެއްގައިވެސް އަސާސީ ސިއްހީ ހިދުމަތްދޭ ސެންޓަރެއް ގާއިމުކުރެވިފައިވެއެވެ. ކޮންމެ ގައިދީއަކަށް އަދި ބަންދު މީހަކަށްވެސް ސިއްހީ ފަރުވާ ލިބިގެންވެއެވެ. މީގެ ތެރެއިން ފުރަތަމަ ހެލްތް ސްކްރީނިން ހެދުމާއި، އާންމު ބަލިތަކަށް ޑޮކްޓަރުގެ ފަރުވާއާއި ދިނުމުގެ އިތުރުން ބޭނުންވެއްޖެ ހާލަތެއްގައި އެންމެ ކައިރީގައިވާ ހޮސްޕިޓަލް މެދުވެރިކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ފަރުވާ ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސައިދެއެވެ.

ގައިދީންނަށާއި ބަންދު މީހުންނަށް ކުރިމަތިވާ އާންމު ބަލިތަކާއި ސިއްހީ މައްސަލަތަކަށް ފަރުވާ ދޭނީ މޯލްޑިވްސް ކަރެކްޝަނަލް ސަވިސްގެ މެޑިކަލް ޓީމުންނެވެ. އަދި ބައްޔަކަށް ސްޕެޝެލިސްޓެއްގެ ފަރުވާ ބޭނުންވާ ހިނދެއްގައި ނުވަތަ ގައިދީ އެދިއްޖެ ހާލަތެއްގައި، މެޑިކަލް ސެންޓަރުގެ ބޭރުން އެފަދަ ހާއްސަ ޑޮކްޓަރެއްގެ ފަރުވާ ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖައްސައިދޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް