ads
ހަންގަނޑު ރީތިކުރަން ކުރެވިދާނެ ކަންކަން--
ހަންގަނޑު އޮމާން ކުރުމަށް ގޭގައި ކުރެވިދާނެ ބައެއް ކަންތައް
ދިރި އުޅޭ މާހައުލުގެ ސަބަބުން ނުވަތަ ދުވަސް ވުމާ ގުޅިގެން ކަމުގައި ވިޔަސް، އަދި ކޮންމެސް ކަހަލަ ހަންގަނޑުގެ މައްސަލައެއް ކަމުގައި ވިނަމަވެސް، ހަންގަނޑު ކުރަކިވުމުގެ ސަބަބުން، ހަންގަނޑު ހިރުވާ، މީހާއަށް އުނދަގުވާ ގޮތްތައް ވެއެވެ. ކުރަކިވެފައި ހުންނަ ހަންގަނޑަށް ހައްލެއް ނުގެނެވިއްޖެ ނަމަ، ހަންގަނޑު ފަޅައިގެން ގޮސް، ހަލާކުވެފައިވާ ތަން އިންފެކްޓްވާ ގޮތް ވެއެވެ. މީގެ ސަބަބުން ހަންގަނޑު ރަނގަޅަށް ބެލެހުއްޓުމާއި، ރަނގަޅަށް މޮއިސްޗަރައިޒް ކުރުމަކީ އަމިއްލަ މީހާއަށް ފަސޭހަވެ، މީހާގެ ސިއްހަތު ރަނގަޅު ކޮށްދޭ ކަމެކެވެ.
Advertisement

ހަންގަނޑު މޮއިސްޓަރައިޒް ނޫނީ އެކްސްފޯލިއޭޓް ކުރުމަށް އާންމު ގޮތެއްގައި ވަރަށް ބޮޑު ހަރަދެއް އަތުން ދެއެވެ. މި ހަރަދުތައް ނުކޮށް، ގޭގައި ހުންނަ ސާމާނު ބޭނުން ކޮށްގެން ހަންގަނޑު އޮމާން ކުރާ ސްކްރަބް އަދި މޮއިސްޗަރައިޒް ޕޭސްޓް ހަދާލެވިދާނެ އެވެ.

ހަންގަނޑު ރީތިކުރުމަށް ކުރެވިދާނެ ބައެއް ކަންކަން:

- ކާށި ތެޔޮ

މިއީ ހަންގަނޑަށް ވަރަށް ފައިދާ ކުރާ އެއްޗެއް ކަމަށް ހަމުގެ ތަޖުރިބާކާރުން ބުނެ އެވެ. އެގޮތުން ކާށި ތެޔޮލަކީ ހަންގަނޑު އޮމާންކޮށްދީ މަޑުކޮށްދޭ އެއްޗެކެވެ. ކާށި ތެޔޮ ބޭނުން ކުރުމުން މީހާގެ ހަންގަނޑު ހައިޑްރޭޓް ކޮށްދީ، ކުރަކި ހަންގަނޑު އޮމާން ކޮށްލަދެ އެވެ.

- މާމުއި

ދިރާސާތަކުން ދައްކާ ގޮތުގައި، ހަންގަނޑުގެ އެކި ކަހަލަ ބަލިތަކަށް ފަރުވާ ކުރުމުގެ ގޮތުން މާމުއި ބޭނުން ކުރެވިދާނެ އެވެ. މާމުއި އަކީ ހަމައަށް ވަރަށް ރަނގަޅު އެއްޗެކެވެ. އާންމުކޮށް މޫނުމަތި ތާޒާކަން މަތީ ބެހެއްޓުމަށް މާމުއި ބޭނުންކުރެ އެވެ.

- އެލޯ ވޭރާ

މީހާގެ އަތްތިލަ ނުވަތަ ފައި ކުރަކިވެ ފަޅައިގެން ގޮސްފާ ވާނަމަ، ނިދަން އޮށޯތުމުގެ ކުރިން އެލޯ ވޭރާ ޖެލް ހާކާށެވެ. އޭރުން ހަންގަނޑު ރީތިވާނެ އެވެ.

- ސަންފްލާވާ އޮށް 

ސަންފްލާވާ އޮށުގެ ތެޔޮ ހަންގަނޑުގައި ބޭނުން ކުރުމުން ހަންގަނޑު މޮއިސްޗަރައިޒް ކޮށްދީ ހައިޑްރޭޓް ކޮށްދެ އެވެ.

- އެވަކާޑޯ

އެވަކާޑޯ މާސްކް ބޭނުން ކުރުމުން މޫނުގެ ހަންގަނޑު ނޮރިޝް ކޮށްދީ ހަންގަނޑު ތާޒާ ކޮށްދެ އެވެ. 

މިކަންކަމުގެ އިތުރުން ކޮންމެ ދުވަހަކުވެސް ގިނައިން ފެން ބޮއެ، ސިއްހަތަށް ރަނގަޅު ޑައިޓެއް ގެންގުޅުމުން ވެސް މީހާގެ ހަންގަނޑު ރީތިވެ ތާޒާވުމަށް އެހީއަކަށް ވާނެ އެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް