ads
ނިޔާވި ޓްރެއިނީ ނަޝްވާ
އާދަޔާހިލާފު ގޮތްތަކެެެއްވާތީ މޫދުން ނެގިއިރުވެސް 18 އަހަރުގެ ނަޝްވާގެ ވިންދެއް ނެތް
ސ. ހިތަދޫ އަށް އުފަން އުމުރުން އެންމެ 18 އަހަރުގެ، އާމިނަތު ނަޝްވާ ނަސީމް ނިޔާވެފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ވަޒީފާއާއި ގުޅުމަށް ޓްރެއިނިން ހަދަމުން ދަނިކޮށް މިއަދު އެވެ.

ކަރެކްޝަން ވަޒީފާ އާއި އަލަށް ގުޅޭ ފަރާތްތަކަށް ހިންގާ އަސާސީ ތަމްރީން ކޯހުގެ ފެތުމާއި ބެހޭ ބައިގައި މިއަދު ހެނދުނު 11:30 ހާ އިރު ފަތަން އުޅުމުގެ ތެރޭގައި ނަޝްވާއަށް އާދަޔާ ހިލާފު ގޮތްތަކެއް ވާން ފެށި އެވެ.

ކަރެކްޝަނުން ބުނިގޮތުން އެކަން ފާހަގަކުރެވިގެން އޭނާ ވަގުތުން މޫދުން ނެގި އެވެ. ނަމަވެސް އޭރުވެސް ވިންދު ނެތްކަން ފާހަގަކުރެވިގެން ވަގުތުން އަވަސް ފަރުވާ ދޭންފެށުމާއިއެކު، މާފުށީ ހެލްތް ސެންޓަރަށް ގެންދެވުނު ކަމަށެވެ.

އެޔަށްފަހު އެ ސެންޓަރުގެ ޑޮކްޓަރުގެ ލަފާގެ މަތިން އެމަޖެންސީކޮށް ނަޝްވާ މާލެ ގެނެވި، އައިޖީއެމްއެޗް ގައި އަވަސް ފަރުވާ ދެވިފައި ވާކަމަށް ކަރެކްޝަނުން ބުންޏެވެ.

ނަޝްވާ ނިޔާވިކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ކަނޑައަޅާފައިވަނީ މިއަދު މެންދުރު 14:02 ހާ އިރު އެވެ.

ކަރެކްޝަނުން ބުނީ، މި ހާދިސާއާ ގުޅިގެން އެ ސަވިސްއިން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.

އާއިލާއާއި ގުޅިގެން ނަޝްވާގެ ޖަނާޒާގެ ކަންތައް އެ ސަވިސްއިން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

11%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
69%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް