ads
އާމިރު ހާން އާއި އޭނާގެ މަންމަ
އާމިރު ހާން ގެ މަންމަ އަށް ހާޓް އެޓޭކެއް ޖެހިއްޖެ
އާމިރު ހާންގެ މަންމަ ޒީނަތު ހުސެން އަށް ހާޓް އެޓޭކެއް ޖެހިއްޖެއެވެ.
Advertisement

ރިޕޯޓުތައް ބުނާގޮތުން ހާޓް އެޓޭކް ޖެހުނީ ދިވާލީ ފާހަގަކުރަމުން ގެންދަނިކޮށެވެ. އޭނާ ވަނީ ބްރީޗް ކޭންޑީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. 

އާމިރު ހާންގެ މަންމައަށް ހާޓް އެޓޭކް ޖެހުނީ ޕަންޗްގަނީ ގައި ހުންނަ އެ މީހުންގެ ގެއަށް ގޮސްގެން އުޅެނިކޮށެވެ. 

މިހާރު އޭނާގެ މަންމަގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އީޓައިމްސް ގައި ވާ ރިޕޯޓެއްގައި ބުނެފައިވެއެވެ. އާމިރާއި އޭނާގެ އާއިލާ ގިނަ މެންބަރުންތަކެއް ހޮސްޕިޓަލުގައި ތިބިކަމަށް ވެސް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

އާމިރު ހާން އަކީ ފިލްމު ޕްރޮޑިއުސަރު ތާހިރު ހުސެއިން އާއި ޒީނަތު ހުސެން ކައިވެނިކޮށްގެން ލިބުނު ދަރިއެކެވެ. 

އޭމިރު ހާން ވަނީ މިދިޔަ ޖޫން މަހު އޭނާގެ މަންމަގެ އުފަން ދުވަސް ވެސް ފާހަގަކޮށްފައެވެ.  މިހާރު އޭނާގެ މަންމަގެ އުމުރަކީ 57 އަހަރެވެ.

އާމިރު ހާން މިހާރު މަސައްކަތް ކުރަމުން އަންނަނީ ނެކްސް ސްޓާގެ "އާރު އެސް ޕަރަސަނާ" ކިޔާ ފިލްމެއް އުފެއްދުމަށެވެ. މިއީ ސްޕެއިންގެ "ކެމްޕިއެނެސް" ކިޔާ ފިލްމެއްގެ ރިމޭކް އެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ސްޕޯޓްސް ކޮމެޑީއެކެވެ.

ފިލްމުގައި ދައްކުވައިދެނީ ރުޅިގަދަ ބާސްކެޓް ކޯޗަކަށް ކޮމިއުނިޓީ ސާވިސް އެއްގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ޓީމަކަށް އެހީތެރިވާންޖެހޭތަނެވެ.    

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް