
އުމުރުން އެންމެ 18 އަހަރުގެ ނަޝްވާ ނިޔާވީ އިއްޔެ މެންދުރު އައިޖީއެމްއެޗްގައި ފަރުވާ ދެވެމުންދަނިކޮށެވެ.
ކަރެކްޝަން ވަޒީފާ އާއި އަލަށް ގުޅޭ ފަރާތްތަކަށް ހިންގާ އަސާސީ ތަމްރީން ކޯހުގެ ފެތުމާއި ބެހޭ ބައިގައި އިއްޔެ ހެނދުނު 11:30 ހާ އިރު ފަތަން އުޅުމުގެ ތެރޭގައި ނަޝްވާއަށް އާދަޔާ ހިލާފު ގޮތްތަކެއް ވާން ފެށި އެވެ. ކަރެކްޝަނުން ބުނިގޮތުން އެކަން ފާހަގަކުރެވިގެން އޭނާ ވަގުތުން މޫދުން ނެގި އެވެ. ނަމަވެސް އޭރުވެސް ވިންދު ނެތްކަން ފާހަގަކުރެވިގެން ވަގުތުން އަވަސް ފަރުވާ ދޭންފެށުމާއިއެކު، މާފުށީ ހެލްތް ސެންޓަރަށް ގެންދެވުނެވެ.
އެޔަށްފަހު އެ ސެންޓަރުގެ ޑޮކްޓަރުގެ ލަފާގެ މަތިން އެމަޖެންސީކޮށް ނަޝްވާ މާލެ ގެނެވި، އައިޖީއެމްއެޗް ގައި އަވަސް ފަރުވާ ދެވިފައި ވާކަމަށް ކަރެކްޝަނުން ބުންޏެވެ. ނަޝްވާ ނިޔާވިކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ކަނޑައަޅާފައިވަނީ އިއްޔެ މެންދުރު 14:02 ހާ އިރު އެވެ.