ads
ނިދުން
ނިދަން އޮންނަން ރަނގަޅީ ކޮން ގޮތަކަށް؟
ނިދަން އޮންނަ ރަނގަޅީ ކިިހިނެއްތޯ؟ މިއީ ބައެއް ފަހަރު އުފެދޭ ސުވާލެކެވެ.

ނިދަން އޮންނަ ގޮތަކުން ތިމާގެ ސިއްހަތައް ވެސް އަސަރު ކޮށްފާނެއެވެ. ދައި ރަަނަގޅު ގޮތަކަށް އޮވެ ނިދުމުން ތިމާގެ ސިއްހަތު ރަނގަޅުވެސް ވާނެ އެވެ. 

މި ސުވާލުގެ ޖަވާބު ހޯދުމަށް ސައިންސުވެރިން ވެސް އަންނަނީ ދިރާސާ ކުރަމުންނެވެ. މިގޮތުން ބައެއް ހޯދުންތައް ދައްކާގޮތުން ނިދަން އޮންނަން އެންމެ ރަނަގަޅީ ވާތް ފަރާތަށެވެ. 

ސަބަބަކީ ވާތް ފަރާތައް ނިދަން އޮތުމުން ކާތަކެތި ހަޖަމުވުން ފަދަ ކަންކަން ފަސޭހަ ވާތީއެވެ. ނޭވާލާ ނިޒާމަށްވެސް ރަނގަޅީ ވާތް ފަރާތައް ނިދުމުންނެވެ. 

މިކަމާ ގުޅޭގޮތުން މެކްސް ސުޕަ ސްޕެސަލިޓީ ހޮސްޕިޓަލުގެ އެސޯސިއޭޓް ކޮންސަލްޓަންޓް ޑރ. މަނީރާ ދަސްމަނަން ބުނެފައިވަނީ "ގޭހުގެ ސަބަބުން ޖެހޭ ރިފްލެކް ބައްޔާ މޭ އެންދުން ފަދަ ކަންކަމުން ވެސް ސަލާމަތް ވާނީ ވާތް ފަރާތައް ނިދުމުން" ކަމަށެވެ. 

އެެ ހޮސްޕިޓަލިގެ ގެސްޓްރޮނޮމީ ކޮންސަލްޓަންޓު ޑރ. މަހޭޝް ގުޕްޓާ ވެސް ބުނެފައިވަނީ ވާތް ފަރާތުން ނިދުމުން ހަޖަމްވާން ވެސް ފަސޭހަވާނެ ކަމަށެވެ. 

"ގޮހޮރު އިންނަނީ ހަށިގަނޑުގެ ވާތް ފަރާތުގަ. މިހެންކަމުން މިވާގޮތަކީ ގްރެވިޓީގެ ސަބަބުން ބަނޑުގައި ހިންނަ އެސިޓުތައް މައްޗަށް އެރުމަށް އުނދަގޫވާނެ. އެސިޑު އުފެދުން މަދުވާނަމަ މޭ އެންދުން ފަދަ ކަންކަން މަދުވާނެ،" ޑރ. ގުޕްތާ ބުންޏެވެ.

your imageކަނާތްފަރާތައް އަދި ވާތް ފަރާތައް ނިދުމުން ބަނޑަށް ވާގޮތް:

ޑޮކްޓަރުން ދެކިލައްވާ ގޮތުގައި އުއްޑުން، ބަންޑުން އަދި ކަނާތް ފަރާތައް ނިދުމަކީ ސިއްހަތައް ފައިދާހުރި ކަމެއް ނޫނެވެ. މިގޮތް ގަތައް ނިދުމުން ނޭވާލާން ވެސް އުނދަގޫވުން އެކަށީގެންވެެއެވެ.  

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް