ads
ސަލްމާން ހާން އަދި ޝާހުރުކް ހާން ސައުދީގެ ކަލްޗަރަލް މިނިސްޓަރާއެކު
ޝާހުގެ ފިލްމެއްގެ މަންޒަރުތަކެއް ސައުދީ އަރަބިއްޔާގައި
ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކެއް ސައުދީ އަރަބިއްޔާގެ އެކި ލޮކޭޝަން ތަކުގައި ނެގުމަށް ނިންމައިފިއެވެ.
Advertisement

މިގޮތުން ބޮލީވުޑްގެ ސުޕަ ސްޓާ ޝާހުރުކް ހާން މިއަހަރު ނެރެން ނިންމާފައިވާ ފިލްމު "ދުންކީ" ގެ ބައެއް މަންޒަރުތައް ސައުދީ އަރަބިއްޔާގައި ނެގުމުން ފުރަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. 

މިއީ ސައުދީ ގައި އަދި މެދު އިރުމަތީގައި ބޮލީވުޑްގެ ފިލްމެއްގެ މަންޒަރުތައް ނަގާ ފުރަތަމަ ފަހަރުކަމަށް ރިޕޯޓުތައް ބުނެއެވެ. 

މި ފިލްމުގެ މަންޒަރުތައް ނެގުމަށް މިމަހު 15 ވަނަ ދުވަހު ދުންކީގެ ޕްރޮޑަކްޝަން ޓީމާއި ސްޓާރުން ފުރާނެއެވެ. އަދި މި މަސް ނިމެން ދެން ސައުދީގައި ޝޫޓިން ކުރިއަށް ގެންދާނެއެވެ. 

ޝޫޓު ކުރުމަށް ހަމަޖެހިފައިވަނީ ސައުދީގެ ޖިއްދާގައެވެ. 

ސައުދީގެ ކަލްޗަރަލް މިނިސްޓްރީން ވަނީ އެގައުމުގައި ޝޫޓު ކުރާ ފިލްމުތަކަށް އެއްބާރުލުން ދޭނަކަން ހާމަކޮށްފައެވެ. އެގޮތުން އެ ގައުމޫގައި ޝޫޓު ކުރުމަށް ދާ ހަރަދުގެ 40 ޕަސަންޓު އަނބުރާ ޕްރޮޑަކްޝަން ޓީމަށް ދޭނަކަމަށް ވެސް ސައުދީން ވަނީ ބުނެފައެވެ. 

ޝާހުގެ އިތުރުން އަކްޝޭ ކުމާރާއި ޓައިގާ ޝޮރޮފް ޕްރޮޑިއުސް ކުރާ "ބަޅޭ މިއާ ޗޯޓޭ މިއާ" ގެ މަންޒަރުތަކެއްވެސް ސައުދީގައި ޝޫޓުކުރާނެއެވެ. 

ސަލްމާން ހާންގެ "ނޯ އެންޓްރީ މެއިން އެންޓްރީ" ކިޔާ ފިލްމެއް ވެސް ސައުދީ އަރަބިއްޔާގައި ޝޫޓު ކުރުމަށް ދަނީ ވިސްނަމުންނެވެ. 

މިއީ ބޮލީވުޑްފެ ފިލްމުތަކެއް ޝޫޓުކުރަން ސައުދީއަށް ދާ ފުރަތަމަ ފަަހަރު ނަމަވެސް، މީގެ ކުރިން ހޮލީވުޑްގެ ތިން ފިލްމެއް ސައުދީގައި ޝޫޓުކޮށްފައިވެއެވެ. 

22%
ކަމުގޮސްފި
44%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް