ads
ސައުދީ އަރަބިއާގެ މިއުޒިކް ކޮމިޝަންގެ ސީއީއޯ ޖިހާދް އަލް-ހާލިދީ- ފޮޓޯ:އަރަބް ނިއުސް
ސައުދީގެ މިއުޒިކް ކޮމިޝަންގެ ސީއީއޯ އަކަށް ޖިހާދް އަލް-ހާލިދީ
ސައުދީ އަރަބިއާގެ މިއުޒިކް ކޮމިޝަންގެ ސީއީއޯ އަކަށް ޖިހާދް އަލް-ހާލިދީ އައްޔަނު ކުރަށްވައިފިއެވެ.

އަލް-ހާލިދީ މި މަގާމަށް އައްޔަނު ކުރެއްވީ އެ ގައުމުގެ މިނިސްޓަރ އޮފް ކަލްޗަރ އަމީރު ބަދުރު ބިން އަބްދުﷲ ބިން ފަރުހާންއެވެ. 

މިދާއިރާގެ މަސައްކަތުގައި 33 އަހަރުގެ ތަޖުރިބާ ހުރި އަލް-ހާލިދީ މި މަގާމަށް އައްޔަނު ކުރައްވާފައި ވަނީ ސައުދީގެ މިއުޒިކް ސެކްޓަރ ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށުމުގެގޮތުންނެވެ. 

އަލް-ހާލިދީ ވަނީ ވަޔަލަނިސްޓެއްގެ ގޮތުގައި އިޖިޕްޓަން އޮކެސްޓްރާއަށް އަށް އަހަރު ދުވަހު މަސައްކަތް ކޮށްދީފައެވެ. އަދި އަލް-ހާލިދީ ވަނީ ކައިރޯގައި ހުންނަ ހަޔަރ އިންސްޓިޓިއުޓް އޮފް މިއުޒިކް އިން ބެޗެލާޒް ޑިގްރީ އިން ވަޔަލިން ޕްލެޔިންގ އެންޑް މިއުޒިކް ތިއަރީ ހާސިލްކޮށްފައެވެ. 

މަގާމަށް އައްޔަނު ކުރެއްވުމުން ވަރަށް އުފާވާ ކަމަށާއި މިއީ ހުވަފެނެއް ހަގީގަތަކަން ވުން ކަމުގައި އަލް-ހާލިދީ ވިދާޅުވިއެވެ. އަދި ސައުދީގެ މިއުޒިކް އިންޑަސްޓްރީ އެހެން ހަރުފަތަކަށް ގެންދިއުމައްޓަކައި ކުރަންޖެހޭ މަސައްކަތުގެ ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އޭނާ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމުގައި ކަމަށް އަލް-ހާލިދީ ސިފަކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް