ads
އެންމެންޕީ އުފެއްދެވީ ކާނަލް ނާޒިމް އާއި، ރިޔާޒް އަދި އުޝާމް އިސްވެ ހުންނަވައިގެން
އެމްއެންޕީން 2023 އަށް ނެރޭ ކެންޑިޑޭޓު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ޖެނުއަރީ 14 ގަައި
މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ) އިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭ ކެންޑިޑޭޓު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ޖެނުއަރީ 14 ގަައި ބާއްވަން ނިންމައިފި އެވެ.

އެ ނިންމުން ނިންމާފައިވަނީ، ރޭ ބޭއްވި އެޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގަ އެވެ. އެގޮތުން އެކަމަށް ދެ ހުށަހެޅުމެއް ހުށަހަޅާ މަޝްވަރާކޮށްފައި ވެއެވެ.
ކައުންސިލް ބައްދަލުވުމަށް ހާޒިރުވެތިބި ބޭފުޅުންގެ އިއްތިފާގުން ފާސްވެފައިވަނީ އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ޕްރައިމަރީއަށް އިއުލާންކޮށް، އަންނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށެވެ.

your imageއެމްއެންޕީގެ ގައުމީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން

މިހާތަނަށް އެމްއެންޕީގެ ފަރާތުން ރައީސްކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެވެ. ގައުމަށް ކުރެވުނު ދުމަތަށް ބަލާއިރު ދެން ހަވާލުވާން އޮތް މަގާމަކީ ރާއްޖޭގެ ރައީސްކަމުގެ މަގާމުކަން ގަބޫލުކުރެވޭ ކަމަށް އޭނާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. 

ރޭގެ ބައްދަލުވުމުގައި ޕާޓީގެ ގައުމީ ހިންގާ ކައުންސިލުން ވަނީ ޕާޓީގެ ހިންގުމަށް މުހިއްމު ނިންމުންތަކެއް ނިންމާފައެވެ. 

އެގޮތުން ސިޔާސީ މައިދާނުގައި އެމްއެންޕީގެ ސްޓޭންޑް ކަނޑައަޅައި، ސަރުކާރު ޒިންމާދާރުކުރުވާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްއެންޕީ އޮތުމަށް އެ ބައްދަލުވުމުގައި ނިންމާފައެވެ.

އެމްއެންޕީ އުފެއްދުމަށް އީސީއަށް ފޯމު ހުށަހަޅާފައިވަނީ ޕާޓީގެ މަސްއޫލުވެރިއެއް ގޮތުގައި ހުންނަވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމްއެވެ. ޕާޓީ ހިންގުމަށް ހުއްދަދީފައިވަނީ، ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

އެ ޕާޓީއަކީ ކާނަލް ނާޒިމާއި، އަބްދުﷲ ރިޔާޒްއާއި، މުހައްމަދު ނަޝީދު އަބްދުﷲ ގެ އިތުރުން އަބްދުލް މުހުސިން ހަމީދު އާއި ގުޅިގެން އުފައްދާފައިވާ ޕާޓީއެކެވެ.

ޕާޓީ ރަޖިސްޓްރީވެ، އެޕާޓީން ފުރަތަމަ ކުރިމަތިލީ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށެވެ. ނަމަވެސް އެ އިންތިހާބު ކާމިޔާބުވެފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް