ads
ފުލުހުންގެ މައި އިދާރާ——
ބަގީ މޫދަށް ވެއްޓުނު ހާދިސާގައި ތުުހުމަތުކުރެވޭ ކަމެއް ނެތް: ފުލުހުން
ބ. އަތޮޅު ރިސޯޓެއްގައި ބަގީއަކާއިއެކު މޫދަށް ވެއްޓި އެތަނުގެ އަންހެން މުވައްޒަފަކު މަރުވި މައްސަލާގައި ތުހުމަތުކުރެވޭ ކަމެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ބަގީ ދުއްވަމުންދަނިކޮށް ރިސޯޓު ޖެޓީމަތިން އޭނާ ވެއްޓިގެން ފުލުހުންނަށް ރިޕޯޓުކުރީ އާދިއްތަ ދުވަހުގެ ރޭ 23:10 ހާއިރު އެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގަށްފަހު މިއަދު ބުނެފައިވަނީ އެ ހާދިސާގައި ތުހުމަތުކުރެވޭ ކަމެއް ނެތް ކަމަށެވެ.

ވަޒީފާގައި އުޅެނިކޮށް ބަގީއާއިއެކު މޫދަށް ވެއްޓި ބޮޑެތި ޒަހަމުތަކެއްް ލިބިގެން ފަރުވާދެމުންދަނިކޮށް މަރުވީ އެ ރިސޯޓުގައި މަސައްކަތް ކުރާ 26 އަހަރުގެ މޮރޮކޯ އަންހެނެކެވެ.

އެ ހާދިސާގައި ލިބުނު ޒަހަމުތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭޑީކޭއަަށް އިތުރު ފަރުވާދިނުމަށް އޭނާ ގެނައީ ދެދުވަސް ކުރިން ނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ގޮތާއި ގުޅޭ ތަފްސީލުތަކެއް ނުލިބެއެވެ. ނަމަވެސް 26 އަހަރުގެ އަންހެން މީހާ އޭޑީކޭއަށް ގެނެސްފައިވަނީ ބޮޑެތި ޒަހަމުތަކަކާއިއެކު ސީރިއަސް ހާލަތުގައި ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް