ads
ހިމާލިއަން ޕިންކު ލޮނު
އާދައިގެ ލޮނު ދޫކޮށް، ހިމާލިޔަން ލޮނަށް ބަދަލުކުރަން ވީ ސަބަބުތައް ބައިވަރު
ގަރުނުތަކެއް ވަންދެން ބަދިގެތަކުގައި ލޮނު ބޭނުން ކުރަމުން އަންނަނީ ކެއުމަށް ރަހަ މީރުކުރުމަށެވެ.

 ލޮނު ބޭނުންކޮށްގެން އަސާރަ އެޅުން ފަދަ ކަންކަން ވެސް ކުރެއެވެ. ސަބަބަކީ ލޮނުގެ ކާތަކެތީގެ ފެންގަނޑު ދަމައިގަނެ، ބެކްޓީރިއާ އުފެދުން މަދުކޮށްދޭތީއެވެ. 

ލޮނު މާގިނައިން ބޭނުންކުރުމަކީ ސިއްހީ ގޮތުން ދިމާވާ ނުރަނގަޅު މައްސަލަތަކާ ގުޅިފައިވާ ކަމެއްކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.

ޔޫރަޕިއަން ހާޓް ޖާނަލްގައި ޝާއިއުކުރި ދިރާސާގައި ބުނެފައި ވަނީ ލޮނު ނުކާ މީހުން ނުވަތަ މަދުން ނަމަވެސް ކާނާއަށް ލޮނު އަޅާ މީހުންނާ އަޅާބަލާއިރު ގަވާއިދުން ލޮނު އަޅާ މީހުން ކުއްލި މަރުވުމުގެ ފުރުސަތު 28 ޕަސެންޓް ބޮޑު ކަމަށެވެ.

އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ލަފާދެނީ ދުވާލަކު 5 ގްރާމަށް ވުރެ މަދުން ލޮނު ބޭނުންކުރާށެވެ. 

ލޮނު ބޭނުންކުރުން މަދުކުރުމުގެ އިތުރުން ގިނަ ބަޔަކު ލަފާދެނީ ގަވާއިދުން ޓޭބަލް ސޯލްޓް ނުވަތަ އާދައިގެ ލޮނުގެ ބަދަލުގައި "ސެންދާ ނަމާކް" ނުވަތަ "ހިމާލަޔަން ޕިންކް ސޯލްޓް" ބޭނުންކުރުމަށެވެ.

ބެންގަލޫރުގެ އެޕޯލޯ ހޮސްޕިޓަލްސްގެ ޗީފް ކްލިނިކަލް ޑައިޓީޝަން ޑރ ޕްރިޔަންކާ ރޮހަތުގީ ވިދާޅުވީ ސެންދާ ނަމާކް އަކީ “ކަނޑު ނުވަތަ ކޯރެއްގެ ލޮނުފެން ހޫނުވެ ސޯޑިއަމް ކްލޮރައިޑްގެ ކުލަކުލައިގެ ކްރިސްޓަލްތައް ދޫކޮށްލުމުން އުފެދޭ ލޮނުގެ ވައްތަރެއް” ކަމަށެވެ. 

ހިމާލިޔަން ލޮނު ސިއްހަތައް ފައިދާ ކުރޭތަ؟ 

އާދައިގެ ލޮނުގެ ބަދަލުގައި ކެއުންތަކަށް ހިމާލަޔަން ޕިންކް ސޯލްޓް އިތުރު ކުރުމަށް އެންމެންނަށް އިލްތިމާސް ކުރައްވައި ޑައިޓީޝަން ފާހަގަކުރެއްވި ގޮތުގައި އެވައްތަރު ލޮނުން "ރަނގަޅު މިންވަރަކަށް ޓްރޭސް އެލިމެންޓްސް އާއި އިލެކްޓްރޯލައިޓްސް ހުންނައިރު، މިއީ ލޭގެ ޕްރެޝަރު ދައްކުރުން، މަސްތަކުގައި ރިއްސުން، ހަޖަމުކުރުމުގެ ބަލިތައް، ބަނޑުގައި ފަނިއުފެދުން، މޭ އެންދުން ހުއްޓުން، ފުއްޕާމޭގެ މައްސަލަތައް ހައްލުވުން، ބަނޑުހައިވުން ކުޑަކުރުން، ބަނޑުގައި ރިހުން، އަދި ހޮޑުލުން” ހައްލުކޮށްދޭން އެހީވެދޭ ލޮނެކެވެ.

ހޫނު ފެން ބޭނުންކޮށްގެން ކަރުތެރެ ރިއްސުމަށް ފަރުވާ ދިނުމުގައި ވެސް އެހީތެރިވެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"މިވައްތރުގެ ލޮނުން ހަމުގެ ޓިޝޫތައް ވެސް ސާފުކޮށް، ވަރުގަދަކޮށް، ޒުވާންކޮށްދެވިދާނެ،" ޑރ ރޮހަތުގީ ވިދާޅުވި އެވެ.

ފަންކްޝަނަލް ނިއުޓްރިޝަނިސްޓެއް އަދި އައިތްރައިވްގެ ސީއީއޯ އަދި ފައުންޑަރު މުގްދާ ޕްރަދާން ވެސް އެއްބަސްވެ ވަޑައިގަންނަވާގޮތުގައި، ސެންދާ ނަމާކް ނުވަތަ ހިމާލިޔަން ޕިންކު ސޯލްޓް އަކީ "ހަމާއި އިސްތަށިގަނޑުގެ ސިއްހަތު ދެމެހެއްޓުމަށް އެހީތެރިވެދޭ، ނޭވާލާ ނިޒާމާއި ހަޖަމުކުރުމުގެ މައްސަލަތަކަށް ރަނގަޅު، ހަކަތަ އިތުރުކޮށް، ނިދުމުގެ އުސޫލު ރަނގަޅުކޮށްދޭ، އަދި ޓްރޭސް މިނަރަލްސް އިން މުއްސަނދި އެއްޗެ" ކެވެ. 

އާންމު ޓޭބަލް ސޯލްޓަށް ވުރެ ރަނގަޅު ބަދަލަކަށް ވާ ސަބަބު ކިޔައިދެމުން ޕްރަދާން އިތުރަށް ވިދާޅުވީ، ގުދުރަތީ ގޮތުން ނެގޭ އަދި ކެމިކަލް ޕްރޮސެސް ނުކުރެވޭތީ، އާންމު ލޮނަށް ވުރެ މި ޒާތުގެ ލޮނު ރަނގަޅު ކަމަށެވެ. 

އެއީ ހަށިގަނޑަށް ބޭނުންވާ ހުރިހާ ޓްރޭސް މިނަރަލްސް އެއް އެކުލެވިގެންވާ އެއްޗެކެވެ. އަދި، ލޭގެ ޕްރެޝަރު ސްޓޭބަލްކޮށްދީ (ބީޕީ ދަށްވުމުން) ހިތްދަތިކަން ފިލުވައިދީ، ގޭސް މައްސަލަތައް ފިލުވައިދީ، ކާހިތްވުން ރަނގަޅުކޮށްދެއެވެ.”

ޑރ ރޮހަތުގީ ވަނީ ހިމާލިއަން ޕިންކު ލޮނާއި އާދައިގެ މޭޒުމަތީ ލޮނު އަޅާކިޔުމުގެ ޗާޓެއް ހިއްސާކުރައްވާފައެވެ. 

ކެލްސިއަމް (އެމްޖީ): ހިމާލަޔަން ޕިންކް ސޯލްޓްގައި 1.6؛ އާދައިގެ ލޮނުގައި 0.4 

ޕޮޓޭސިއަމް (އެމްޖީ): ހިމާލަޔަން ޕިންކް ސޯލްޓްގައި 2.8؛ އާދައިގެ ލޮނުގައި 0.9 

މެގްނީޒިއަމް (އެމްޖީ): ހިމާލަޔަން ޕިންކް ސޯލްޓްގައި 1.06؛ އާދައިގެ ލޮނުގައި 0.0139 

ދަގަނޑު (އެމްޖީ): ހިމާލަޔަން ޕިންކް ސޯލްޓްގައި 0.0369؛ އާދައިގެ ލޮނުގައި 0.0101

ސޯޑިއަމް (އެމްޖީ): ހިމާލަޔަން ޕިންކް ސޯލްޓްގައި 368؛ އާދައިގެ ލޮނުގައި 381 

ހިމާލިޔަން ލޮނު ބޭނުންކުރަންވީ ކޮން މިންވަރަކަށް؟

ޗާޓުގައި ފާހަގަކޮށްފައިވާ ފަދައިން ހިމާލަޔާން ޕިންކް ސޯލްޓާއި ޓޭބަލް ސޯލްޓް ސޯޑިއަމްގެ މިންވަރަށް ބަލާއިރު މާބޮޑު ތަފާތެއް ނެތެވެ. މިހެންކަމުން ހިމާލިޔަން ލޮނު ބޭނުންކުރި ނަމަވެސް “ދުވާލަކު 5 ގްރާމްގައި ހަރުލަން ޖެހޭނެ” ކަމަށް ޑރ ރޮހަތުގީ ވިދާޅުވިއެވެ.

މީގެ އިތުރުން ހިމާލިއަން ޕިންކު ލޮނު ވެސް "މާ ގިނައިން ބޭނުންކޮށްފިނަމަ މަރުވެދާނެ ކަމަށާއި ވަރުބަލިވުމާއި މަސްތައް ބަލިކަށިވުން ފަދަ ހައިޕާކްލޮރެމިއާ (ކްލޮރައިޑްގެ މިންވަރު މަތިވުން) އަށް މަގުފަހިވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް