ads
ދެ އަހަރުގެ ކުޑަ ކުއްޖާ ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުން
ޖިންސީ ގޯނާކުރި ކާފަ އާއި މުނިކާފަގެ އިބްތިދާއީ އަޑުއެހުންތައް މިއަދު ފަށަނީ
ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރު ނުވާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުއްޖާގެ ކާފަ އާއި އެކުއްޖާގެ މުނި ކާފަގެ މައްޗަށް އުފުލި ދައުވާތަކުގެ އިބްތިދާއީ އަޑުއެހުންތައް މިއަދު ބާއްވަން ނިންމައިފި އެވެ.

ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާގައި ވަނީ ގއ. ކަނޑުހުޅުދޫ ރިހިވެލި، އުމުރުން 62 އަހަރުގެ، އިބްރާހީމް ދީދީ އާއި ކަނޑުހުޅުދޫ، އަންނާރުމާގޭ، އުމުރުން 82 އަހަރުގެ ހަސަން މޫސާ ދީދީގެ މައްޗަށެވެ.  

ދައުލަތުގެ ފަރާތުން އެ ދެމީހުންގެ މައްޗަށް ކުރަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ، ގާނޫނުގެ ގެ ދަށުން، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗަށް ވެސް އެކުއްޖާއަށް އިހުމާލުވި ކަމުގެ ދައުވާ އުފުލަ އެވެ. އެކަމަކު އަދި މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކެއް ނުފަށަ އެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި ކުއްޖާގެ ބައްޕަގެ މައްޗަށް ކުރާ ތުހުމަތަކީ ކުއްޖާގެ މަންމަ ފަރާތުގެ ޢާއިލާއިން ކުއްޖާ މަންމައާ ޙަވާލުކުރުމަށް މަސައްކަތްކުރުމުން، ކުއްޖާގެ ބައްޕަ އެކަމަށް ހުރަސް އަޅައި ކުއްޖާ ނުދިން ކަމަށް ބުނާ މައްސަލަ އެކެވެ. ފުލުހުން ބުނީ ކުއްޖާގެ މައިންބަފައިންނަކީ ވެސް ކުށުގެ ރިކޯޑު އޮންނަ ބައެކެވެ.

އުމުރުން 33 އަހަރުގެ ބައްޕަ، މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ދިރިއުޅެމުންދިޔަ ފްލެޓު ދޮށުގައި ގިނަ ބަޔަކު އެއްވެ އަޑުގަދަ ކުރަމުންދަނިކޮށް ފުލުހުން ހައްޔަރުކޮށް ދޫނިދޫއަށް ގެންދިޔަ ނަމަވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކުއްޖާއަށް އިހުމާލުވި އިތުރު ބަޔަކު، އެއާއިލާގައި އެބަތިބި ކަމަށާއި އެހެންކަމުން އެމީހުން ހައްޔަރު ނުކުރި ނަމަވެސް ދައުވާކުރަން ފޮނުވާއިރު ހައްޔަރުގައި ތިބި މީހުންނަށް ވުރެ ގިނަ މީހުންގެ މައްޗަށް ދައުވާ ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. 

ދެ އަހަރުނުވާ ތުއްތު ކުއްޖާ ރޭޕްކުރި މައްސަލައާއެކު އެތައް ބަޔަކު ވަނީ ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާއި ގުޅިގެން ތެދުވެފަ އެވެ. އަދި މިފަދަ މައްސަލަތަކުގެ ޝަރީއަތް އަވަހަށް ނިންމުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވެސް ވަނީ ކޯޓުތަކަށް އަންގަވާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް