ads
ރައީސް ޔާމީން މިއަދު ވޯޓުލާ ސަރަހައްދުގައި ހުރެ މީޑިއާތަކާއި ވާހަކަދައްކަނީ
2023 ގެ އިންތިހާބަކި އިންޑިއާ ބަލިކުރާ އިންތިހާބު: ރައީސް ޔާމީން
އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމާޒު ހިފަނީ އިންޑިއާ ބަލިކުރުމަށް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ދާއިރާ އިންތިހާބުގައި މާލެ ސަރަހައްދުގެ ވޯޓުލުން ކުރިއަށްދާ ހެންވޭރު ދަނޑަށް ވަޑައިގަތުމަށްފަހު މީޑިއާތަކާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެ އިންތިހާބަކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މުހިންމު އިންތިހާބެއް ކަމަށެވެ.

”ކެންޑިޑޭޓުންނަށް ދަންނަވާލާނަން ހަވާލުވެވަޑައި ތިޔަގަންނަވަނީ ވަރަށް މުހިންމު މަސްއޫލިއްޔަތަކާއޭ. ކުރިމަތީ މިއޮތީ 2023 ގެ ރިޔާސީ އިންތިހާބު އެ އިންތިހާބަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިންޑިއާ ބަލިކުރާ އިންތިހާބު، “ ރައީސް ޔާމީން ވިދާޅުވި އެވެ

ރައީސް ޔާމީން ވިދާޅުވީ މިއަދު ބާއްވަމުންދާ އެޕާޓީގެ އެތެރޭގެ އެ އިންތިހާބަކީ ރިޔާސީ އިންތިހާބުގެ ކުރިން އޮންނާނެ އެންމެ މުހިންމު އިންތިހާބު ކަމަށެވެ.

މިއަދު ވޯޓަކުން ނިންމިގެން ދަނީ ދާއިރާތަކުގެ އިސްވެރިން ކަމަށާއި، ދާއިރާތަކުގައި ހިނގާ ހުރިހާ ސިޔާސީ ހަރަކާތެއް ހިނގާނީ އެ ރައީސުންގެ ބެލުމުގެ ދަށުން ކަމަށެވެ. 

އޭނާގެ ކޮނޑުގައި އެޅޭ މުހިންމު ޒިންމާގެ ދަށުން މާލެ އާއި ރަށްރަށުގައި ހިންގާ ޕީޕީއެމްގެ ސިޔާސީ ހުރިހާ ހަރަކާތްތަކެއްގެ ބޭނުމަކީ، 2023 އާއި ދޭތެރޭ ރާއްޖެ މިނިވަން ގައުމަކަށް ހެދޭތޯ އެޕާޓީން ކުރާ މަސައްކަތްކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. 

މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 16:00 ހަމައަށެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް