ads
ޕީޕީއެމް/ޕީއެންސީ އެތެރޭގެ އިންތިހާބުގައި ވޯޓުލާން ރައީސް ޔާމީން ހެންވޭރު ދަނޑަށް ވަޑައިގަންނަނީ
ޔާމީން އެމްޑީޕީ އަށް: ވޯޓު ކަރުދާސް އެހުރީ އުވަގަށާ މެޝިނަކު ނޫން، ބަލައިގެން ދަސްކުރޭ!
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އިންތިހާބުތައް ބަލައި، އެމްޑީޕީގެ ކުރިއަށް އޮތް އިންތިހާބުތަކުގެ މަގުޗާޓު ހެދުމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމްޑީޕީއަށް ގޮވާލައްވައިފި އެވެ.
Advertisement

ރައީސް ޔާމީން މިހެން ވިދާޅުވީ، ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ.

ޕީޕީއެމްގެ އިންތިހާބަކީ ޑިމޮކްރަސީއާއި ދުރު އިންތިހާބުތަކެއް ކަމަށް އެމްޑީޕީން ފާހަގަކުރާ ކަމަށް ނޫސްވެރިއަކު ފާހަގަކުރުމާއިއެކު ރައްދުގައި ރައީސް ޔާމީން ވަގުތުން ވިދާޅުވީ، ގައުމު ވިއްކާލައިގެން ތިބެ އެމްޑީޕީއަށް ޑިމޮކްރަސީގެ ވާހަކަ ނުދެެއްކޭނެ ކަމަށެވެ.

”ބަލައިލީމައި ފެނޭނޫންތޯ. އަޅުގަނޑުމެން ޓައްޕުތަކަށް އަޅައިގެންތޯ މި ވޯޓުދެނީ ނޫނީ ގަށާ މެޝިނުގައިތޯ ވޯޓުކަރުދާސް ހުރީ؟ ޖަވާބު ސާފުދެއްތޯ؟ އަޅުގަނޑުމެންގެ ނެތެއްނު އުވަގަށާ މެޝިނަކު އެއް. ޓައްޕުތަކުގައި ބާލިދީއަކު ނޫނެއްނު މި އެއްޗެހި އުފުލަނީކީ، “ ރައީސް ޔާމީން ވިދާޅުވި އެވެ

ޗާގޯސް މައްސަލައަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީ އަކީ މުޅި ގައުމު ވިއްކާލައިގެން ތިބި ބައެއް ކަމަށާއި، އެމްޑީޕީގެ ލަދެއްގެ ކަންފުޅެއް ހުރިނަމަވެސް މިވަގުތު ކުރަންވީ ކަމަކީ ޑިމޮކްރަސީގެ ވާހަކަ ނުދައްކާ ގޭގައި އޮތުން ކަމަށެވެ. 

” ދެން އެމްޑީޕީ ޑިމޮކްރަސީއެއްގެ ވާހަކަ ނުދައްކާށޭ ބުނެބަލަ. މުޅި ގައުމު ވިއްކާލާފައެއްނު މިއޮތީ. އެހެންވީމައި ލަދު ހަޔާތުގެ ކަންފުޅެއްވެސް ހުރިއްޔާ އެކަހަލަ ވާހަކަ ނުދައްކާ ގޭގައި މިއަދު ތިބޭނީ، “ ރައީސް ޔާމީން ވިދާޅުވި އެވެ

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ޕީޕީއެމްގެ ދާއިރާ އިންތިހާބަކީ ވަރަށް ޑިމޮކްރަޓިކް އިންތިހާބެއް ކަމަށާއި، އެއްވެސް ދާއިރާއެއްގެ ކެންޑިޑޭޓަކަށް ނުވަތަ ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް އެ ކޯލިޝަނުގެ އެއްވެސް އިސް ލީޑަރަކުވެސް ދާއިރާގެ ރައީސްއަކު ހޮވަން އެ އިންތިހާބުގައި މަސައްކަތްކޮށްފައި ނުހުންނާނެ ކަމަށެވެ.

ޕީޕީއެމްގެ މިއަދުގެ އިންތިހާބު ބަލައި، އެމްޑީޕީންވެެސް އެޕާޓީގެ މަގުޗާޓު ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން އެދިވަޑައިގަތެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް