ads
އެމްޖޭއޭގެ މެމްބަރުން——ފޮޓޯ: އެމްޖޭއޭ
ސައްހަ ނޫން މައުލޫމާތު ދެނެގަނެ، ފެކްޓްޗެކްކުރާނެ ގޮތުގެ ވޯކްޝޮޕެއް ބާއްވަނީ
ސައްހަ ނޫން މައުލޫމާތު ދެނެގަނެ، ފެކްޓްޗެކްކުރާނެ ގޮތުގެ ވޯކްޝޮޕެއް ބާއްވަން މޯލްޑިވްސް ޖާނަލިޒަމް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފި އެވެ.
Advertisement

”ސްޓްރޯންގާ މީޑިއާ ތްރޫ އެންހޭންސްޑް ފްރީޑޮމް އޮފް އެކްސްޕްރެޝަން އެންޑް، ރައިޓް ޓް އިންފޮމޭޝަން“ (ޕީއީއެފްއެމް) ޕްރޮގްރާމްގެ ދަށުން ހިންގާމި ވޯކްޝޮޕަކީ ޔޫރަޕިއަން ކޮމިޝަނުން ފަންޑުކޮށްގެން އިންޓަނިއުސް އާއި އެމްޖޭއޭ އަދި އައިއެފްޖޭ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

އިންޓަނިއުސް އިން އެމްޖޭއޭއާ ގުޅިގެން ގެންދާ މި ވޯކްޝޮޕްގައި ކިޔައިދޭނީ:

  • އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ފަތުރާ ސައްހަ ނޫން މައުލޫމާތު ދެނެގަންނާނެ ގޮތް
  •  އެފަދަ މައުލޫމާތު އާންމުންގެ ސަމާލުކަމަށް ގެންނަން ފެކްޓްޗެކް ކުރާނޭ ގޮތް 

އެމްޖޭއޭއިން ބުނީ، މި ވޯކްޝޮޕްގެ ތެރެއިން ރާއްޖޭގައި ފެކްޓްޗެކިންގެ ކޯސްތައް ހިންގާނެ ޓްރޭނަރުން ތަމްރީން ކުރެވިގެންދާނެ ކަމަށާއި، މި ވޯކްޝޮޕްގައި 10 ފަރާތަކަށް ފުރުސަތު ދޭނެ ކަމަށެވެ. އޭގެތެރެއިން ބޮޑަށް އިސްކަން ދޭނީ ނޫސްވެރިންނަށް ކަމަށް އެމްޖޭއޭ އިން ބުނެ އެވެ. 

އޮންލައިންކޮށް ކުރިއަށް ގެންދާ ފަސް ދުވަހުގެ މި ވޯކްޝޮޕްގައި ކިޔަވައިދޭނީ މި ސަރަހައްދުގެ ފެކްޓްޗެކިންނާ ގުޅޭ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ބޭފުޅުން ނެވެ. 

”މިއީ ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވައި އެފަދަ ކަންކަމަށް އާންމުން ހޭލުންތެރި ކުރަން ނޫސްވެރިންގެ ގާބިލްކަން އިތުރު ކުރުމަށް ހިންގާ ވޯކްޝޮޕެއް. މި ވޯކްޝޮޕްގެ ސަބަބުން ރާއްޖޭގައި ފެކްޓްޗެކިންގެ ދާއިރާ ފުޅާކުރަން ބާރަކަށްވާނެ. އަދި އެކަމަށް ހާއްސަ ޓްރޭނަރުން ތަމްރީން ކުރެވޭނެ،“ އެމްޖޭއޭ އިން ބުންޏެވެ.

މިއީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފެތުރުން އާންމުވެފައިވާ ދުވަސްވަރެއްގައި ރާއްޖެއަށް އަދި ނޫސްވެރިންނަށް މުހިިންމު ވޯކްޝޮޕެއްކަން ފާހަގަކޮށް އެމްޖޭއޭއިން ބުނީ، އީޔޫގެ ފަންޑިންގައި ކުރިއަށް ގެންދާ މި ހަރަކާތަކީ ފެކްޓްޗެކިންގެ ދާއިރާ ރާއްޖޭގައި ކުރިއަރުވައި ނޫސްވެރިންގެ ގާބިލްކަން އިތުރުކުރަން ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.

ޔޫރަޕިއަން ފަންޑިންގައި ކުރިއަށް ގެންދާ ޕީއީއެފްއެމް ޕްރޮގްރާމްގެ ދަށުން މި ވޯކްޝޮޕް ބޭއްވުމުގެ އިތުރަށް ރާއްޖޭގެ މީޑިއާތަކުގެ ނިއުސް ރޫމްތަކުގައި ފެކްޓްޗެކިންއާ ގުޅޭ ފަންނީ ގާބިލްކަން އިތުރުކުރުމަށް ޓްރޭނިންތަކާއި ހަރަކާތްތައް ހިންގުމަށްވެސް ވަނީ ނިންމާފަ އެވެ. އެގޮތުން ނިއުސްރޫމެއްގައި ފެކްޓްޗެކިން އިންކުއުބޭޓާއެއް އުފެއްދުމަށް ފަންނީ އެހީ އަދި މާލީ އެހީދިނުމަށް ރޭވިފައިވާ ކަމަށް އެމްޖޭއޭ އިން ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް