ads
ސަންޖޭ ދަތް އަދި ރިޝާ ޝަރުމާ
ސަނޖޭދަތާއި ރިޗާ ޝަރުމާ: ފޮޓޯއަކުން ނޫނީ ދެން ނުފެންނާނެ މަންޒަރެއް
ސަންޖޭދަތުގެ ފުރަތަމަ އަނބިމީހާ ރިޗާ ޝަރުމާއާއި އެކު ސަންޖޭދަތު ނަގާފައިވާ ފޮޓޯއެއް އެ ދެމީހުންގެ އަންހެން ދަރިފުޅު ޓްރިޝިލާ ދަތް އާންމުކޮށްފިއެވެ.

މި ފޮޓޯ އެ ދެމަފިރިންގެ ދަރިފިޅުނު އިންސްޓަގްރާމަށް ލުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ފޮޓޯއަށް ހުއްޓިފައެވެ. ސަބަބަކީ މި ދެ ލޯބިވެރިން އެކުގައި ދެން ފެންނާނީ ފޮޓޯއަކުން އެކަނި ކަމަށްވާތީއެވެ. 

ފޮޓޯއިން ފެންނަނީ ދެ ތަރިން ވަރަށް އުފަލުން ކެމެރާއަށް ބަލައި ހީލައިގެން ތިބޭ މަންޒަރެވެ. 

ސަންޖޭ ދަތް އެމެރިކާގައި ރިޗާއާ ކައިވެނި ކުރީ 1987 ވަނަ އަހަރު ނަމަވެސް ކައިވެނި ކުރިތާ ދެ އަހަރު ދުވަހުގެ ތެރޭގައި ރިޗާގެ ސިކުނޑީގައި ޓިއުމަރެއް ޖެހިފައިވާކަން އެނގުނެވެ. އަދި 1996 ވަނަ އަހަރު ނިއުޔޯކުގައި މަރުވިއެވެ. 

ރިޗާ އަކީ މަރުވުމުގެ ކުރިން ބައެއް ބޮލީވުޑް ފިލްމުތައް ވެސް ކުޅެފައިވާ ތަރިއެކެވެ. އޭނާ މަރުވިއިރު އުމުރަކީ 32 އަހަރެވެ. 

ފަހުން 2008 ވަނަ އަހަރު ސަންޖޭ ދަތް މާނާޔަތާ އާއި ކަވެނިކުރިއެވެ. އެ ދެމީހުންނަށް ވަނީ އެއް މާބަނޑު ދެ ދަރިން ލިބިފައެވެ. އެއީ ޝަހްރާން ކިޔާ ފިރިހެން ކުއްޖަކާއި އިގްރާ ކިޔާ އަންހެން ކުއްޖެކެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް