ads
އެ ސަރަހައްދުގައި ފުލުހުނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުން——ފޮޓޯ: ދައުރު
އަލިފާނުގެ ހާދިސާ: ބަލަންޖެހޭ ކަންކަން ބެލުމަށް ބައެއް މަގުތައް ބަންދުކޮށްފި
ރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، މ. ނިރުފެހި ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އެކަން ނިމެންދެން ބައެއް މަގުތައް އެއްގަމު އުޅަނދަށް ބަންދުވާނެ ކަމަށެވެ. 

އެގޮތުން ޖަވާހިރު މަގު ހަތަރުފުރޮޅުލީ އުޅަނދަށް ބަންދުކޮށްފައިވާއިރު، އިސްކަންދަރު މަގާއި ރިޔާސީ ހިނގުން އެއްގަމު އުޅަނދުތަކަށް ވަނީ ބަންދުކޮށްފަ އެވެ. 

އެ ހާދިސާގައި މިހާތަނަށް 10 މީހެއް މަރުވެފައިވާކަން ކަށަވަރުކުރެވިފައި ވާއިރު، އެ ހާދިސާގައި މަރުވި މީހުންނާއި ފަރުވާދެމުންދާ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. 

އެހެންކަމުން، މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެއަށް ރޭ ގޮސްފައިވާކަމަށް ބެލެވޭ މީހުންގެ މައުލޫމާތު އަދި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން، ރެއިންފެށިގެން ހަބަރެއް ވެފައި ނުވާ ބިދޭސީންގެ މައުލޫމާތު ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް