
ކޮންރޯއީ މަރުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މިކަން އިއުލާނުކޮށްފައިވަނީ ވާނަރބްރޯސްގެ ރަސްމީ އިންސްޓަގްރާމް ހޭންޑްލްގައެވެ.
އެކުންފުނިން ޝެއާ ކުރި ޕޯސްޓެއްގައި އޭނާގެ މަރާއި ގުޅިގެން ހިތާމަ ފާޅުކުރާކަމަށް ބުނެފައިވެއެވެ.
ފޮކްސް ކިޑްސް އިން 1992 އާއި 1995 އާ ދެމެދު 85 އެޕިސޯޑަށް ބެޓްމަން: ދަ އެނިމޭޓެޑް ސީރީޒް ދައްކާފައިވެއެވެ. މި ސީރީޒްގައި މާކް ހެމިލްގެ އައިކޮނިކް ޕޯޓްރޭލް ދަ ޖޯކަ ވެސް ހިމެނެ އެވެ.
ނޮވެމްބަރު 1955 ގައި ނިއުޔޯކުގެ ވެސްޓްބަރީއަށް އުފަން ކޮންރޯއީ ޖޯން ހައުސްމަންގެ އިރުޝާދުގެ ދަށުން ދަ ޖުލިއާޑް ސްކޫލުގައި އެކްޓިން ކިޔަވަމުން ދިޔައީ ކްރިސްޓޮފާ ރީވް، ފްރާންސިސް ކޮންރޯއީ އަދި ރޮބިން ވިލިއަމްސް ފަދަ އެކްޓަރުންނާއެކުއެވެ.
އޭނާ މަރުވިއިރު އަނބިމީހާ ވޯން ސީ ވިލިއަމްސް އާއި ކޮއްކޮ ޓްރިޝާ ކޮންރޯއީ އަދި ބޭބެ ޓޮމް ކޮންރޯއީ ވެސް ދުނިޔޭގައި އެބަތިއްބެވެ.