ads
ލ. މާބައިދޫ ކުރީގެ އިންޖީނުގެ(ކ) ނާލާފުށި ކުރީގެ އިންޖީނުގެ
މާބައިދޫ އާއި ނާލާފުށީގެ ގެދަބުޅި އިންޖީނުގެ ނިއްވާލައިފި
ލ. މާބައިދޫ އާއި، މ. ނާލާފުށީގެ ޒަމާންވީ ބާ ގެދަބުޅި އިންޖީނުގެ ނިއްވާލައި، އާ އިންޖީނު ގެއިން ކަރަންޓު ދޭން ފަށައިފި އެވެ.

ލ. މާބައިދޫގައި މީގެ ކުރިން ބޭނުންކުރުމުންދިޔަ އިންޖީނުގެ އަކީ 38 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ އިންޖީނު ގެއެކެވެ. 

މި އިންޖީނުގެ ނިއްވާލީ އިއްޔެ އެވެ. ފެނަކައިން ބުނީ އިއްޔެގެ 15:52 އިން ފެށިގެން މުޅިން އާ އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.

your imageލ. މާބައިދޫ ކުރީގެ(ތ) އަދި މިހާރުގެ އިންޖީނުގެ(މ)

ނާލާފުށީގައި މީގެކުރިން ބޭނުންކުރި އިންޖީނުގެ އަކީވެސް 23 އަހަރު ވެފައިވާ ގެދަބުޅި އިންޖީނުގެ އެކެވެ. 

ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ މި އިންޖީނުގެ ވެސް އިއްޔެ ވަނީ ނިއްވާލާފައެވެ. އިއްޔެ  14:35 އިން ފެށިގެން މުޅިން އާ އިންޖީނު ގެއަކުން އެރަށުގައިވެސް ވަނީ ކަރަންޓު ދޭން ފަށާފައެެވެ.

your imageލ. މާބައިދޫ ކުރީގެ އަދި މިހާރުގެ އިންޖީނުގެ(ކ)، ނާލާފުށި އެހާރާއި މިހާރުގެ އިންޖީނުގެ(ވ)

ޒަމާނުންސުރެ ގެދަބުޅީގެ އިންޖީނުގެތަކުން އިވޭ ގަދަ އަޑުން އެ ސަރަހައްދުތަކުގައި އުޅޭ ރައްޔިތުންނަށް ވާ އުދަގޫ ކުޑަކޮށް، އިންޖީނުގެތައް މީހުން ދިރިނޫޅޭ ހިސާބުތަކަށް ބަދަލުކޮށް އިންޖީނުގެ ޒަމާނީ ކުރުމުގެ އެކި މަސައްކަތްތައް މި ސަރުކާރުން ދަނީ ކުރަމުންނެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް