ads
ކަރީނާއާއި އާލިއާ
ވިހެއިފަހުން އާލިއާ އަށް އެންމެ އެހީތެރިވަނީ ކަރީނާ
ބޮލީވުޑްގެ ތަރި އާލިއާ ބަޓްގެ އެންމެ ބޮޑު އެއް އައިޑަލްއަކީ ކަރީނާ ކަޕޫރެއެވެ.
Advertisement

އާލިއާއި ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރަށް ވަނީ މި ހިނގާ ނޮވެންބަރު މަހުގެ ތެރޭގައި ދަރިއެއް ލިބިފައެވެ. 

ތުއްތު އަންހެން ދަރިފުޅެއް ލިބިފައިވާއިރު، ވިހެއުމަށްފަހު ދިމާވާ ތަފާތު ކަންކަމާއި އާއިލިއާ ވެސް ދަނީ ތަހައްމަލް ކުރަމުންނެވެ. 

ނަމަވެސް އާލިއާއަށް ބޭނުންވާ އެހީތެރިކަމާ އިރުޝާދު ދިނުމުގައި އެންމެ އަވަދިނެތި އުޅެނީ ފިލްމީތަރި ކަރީނާކަމަށް ރިޕޯޓުތައް ބުނެއެވެ. ކަރީނާއާއި ސައިފް އަލީހާން ކައިވެނިކޮށްގެން އެ ދެމީހުންނަށް ވަނީ ދެ ދަރިން ލިބިފައެވެ. 

"އާލިއާއި ކަރީނާގެ ގުޅުން އަންނަނީ ދަރިއަކު ލިބުނުފަހުން އިތުރަށް ބޮޑުވަމުން. ދަރިފުޅުގެ ވާހަކަ ދައްކަން ވެސް ދެމީހުން ވަރަށް ގިނައިރު ފޯނުގަވެސް ތިބޭ،" ކަރީނާގެ ގާތް މީހަކާ ހަވާލާދީ އިންޑިއާގެ ނޫހެއްގައި ރިޕޯޓުކޮށްފައިވެއެވެ.

އާލިއާ މާބަނޑު އިރު ވެސް ކަރީނާވަނީ އާލިއާއަށް އެހީތެރިވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކޮދީފައެވެ. އެގޮތުން އޭނާއަށް ކާތަކެތި ފޮނުވުމާ، ހަދިޔާ ފޮނުވުން ފަދަ ކަންކަން ވަނީކޮށްދީފައެވެ. 

ވިހެއުމަށްފަހު އާލިއާ ގެ ވެސް އަދި ދަރިފުޅުގެ ހާލުވެސް ރަނގަޅެވެ. ހޮސްޕިޓަލުން ގެއަށް ދާން އާލިއާއި ރަންބީރު ޕަޕަރާޒީ ނޫސްވެރިންނަށް ފިލަން ޕްލޭން ހެދި ނަމަވެސް އެމީހުން ގެއަށް ދިޔަ މަގުމަތީގައި ޕަޕަރާޒީން ވަނީ ކާރު ވަށާލައި ފޮޓޯ ނަގައި ހަދާފައެވެ. ނަމަ ވެސް އެއްވެސް މީހަކަށް އާލިއާގެ ދަރިފުޅުގެ ފޮޓޯއެއް ނުނެގުނެވެ. 

 

65%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް