ads
ރޭލު
ރޭލެއް ދަށުވި މީހަކު އެއްވެސް ގެއްލުމެއްނުވެ ސަލާމަތްވެއްޖެ
އިންޑިއާގައި ރޭލެއްގެ ދަށުވިމީހަކަށް އެއްވެސް ގެއްލުމެއްނުވެ ސަލާމަތްވެއްޖެއެވެ.

އިންޓަނެޓްގައި ވައިރަލްވި ވީޑިއޯއެއްގައި ބިހާރުގެ ބާގަލްޕޫރު ޑިސްޓްރިކްޓްގެ ކަހަލްގާއޮން ރޭލްވޭ ސްޓޭޝަންގައި ދުއްވާ ރޭލެއްގެ ދަށުގައި ފިރިހެނެއް އޮށޯވެގެން އޮއްވާ ފެނެއެެވެ. 

މަންޒަރު ދުށް މީހުންނާ ހަވާލާދީ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި އެމީހަކު ރޭލު އަރަން ރޭލު ދަނޑި ހުރަސް ކުރަމުން ދިޔައިރު، އެދެމެދުގައި މުދާ އުފުލާ ރޭލު އޮތީ ޓްރެކް މަތީގައި ހުއްޓިފައެވެ. އެމީހާ މުދާ އުފުލާ ރޭލުގެ ދަށުން ހުރަސްކުރަން ވަނީ އަވަހަށް ޖެހިގެން އޮތް ރޭލަށް އެރުމުގެ ބޭނުމުގައެވެ. ނަމަވެސް އެވަގުތު މުދާ އުފުލާ ރޭލު ސްޓާޓުކޮށް ދުއްވަން ފެށިއެވެ. 

ރޭލު ސްޓާޓުކުރުމުން އެމީހާ އޭނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ރޭލު ދަގަނޑުގެ މެދުގައި ބަނޑުން އޮށޯވެލައިގެން އޮތީއެވެ. ނަސީބު ރަނގަޅުކަމުން އެއްވެސް ގެއްލުމެއް ނުވެ ރޭލުގެ ދަށުން އޭނާ ސަލާމަތް ވެގެން ނުކުމެވުނެވެ. 

ދޭންވާ ސަމާލުކަން ނުދީ ރޭލު ދަނގަނޑު ހުރަސްކުރުމުގެ ސަބަބުން އެތައް ބަޔަކު އިންޑިއާގައި ކޮންމެ އަހަރަކު ވެސް މަރުވެއެވެ. މިއަދު ހެނދުނުވެސް ގުޖުރާތުގައި 54 އަހަރުގެ އަންހެނެއް ވެސް ވަނީ ރޭލު ދަގަނޑުމަތިން ހުރަސް ކުރަނިކޮށް ހިނގި އެކްސިޑެންޓެއްގައި މަރުވެފައެވެ. 

40%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް