ads
މީގެ ކުރިންވެސް ކައުންޓަ ޓެރަރިޒަމްގެ އޮޕަރޭޝަންތައް ސިފައިން ހިންގާފައިވޭ
ހައްޔަރުކުރީ އައިސިސްއާ ގުޅިގެން ބަޔަކު މަރަން އުޅުނު ބައެއް
ނޮވެމްބަރު 11 އިން ފެށިގެން މާލެ އާއި އައްޑޫ އަދި ކ. ގުރައިދޫގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންގައި ހައްޔަރު ހައްޔަރުކުރީ އައިސިސްއާ ގުޅިގެން ބަޔަކު މަރަން އުޅުނު ބައެއް ކަމަށް ފުލުހުން ބުނެފިއެވެ.

ނޮވެމްބަރު 11 އިން ފެށިގެން މާލެ އާއި އައްޑޫ އަދި މާލެ އަތޮޅު ގުރައިދޫގައި ސަލާމަތީ ބާރުތަކުން ހިންގި ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންގައި 14 މީހުން ހައްޔަރުކޮށްފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރެވިފައިވާ 14 މީހުންނަކީވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުންނެވެ. ފުލުހުން މިކަން ހާމަކުރީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. 

ފުލުހުން ބުނީ އެ މީހުން އުޅުނީ އައިސިސްއާ ގުޅިގެން ތަންތަން ގޮއްވާ ގިނަ ބަޔަކު މަރަން ކަމަށެވެ. 

ފުލުހުން ބުނީ މިހާރު ހައްޔަރުކޮށްފައިވާ 14 މީހުންގެ ތެރެއިން ނުވަ މީހުންނަކީ ޓެރަރިޒަމްގެ މައްސަލަތަކުގައި މީގެ ކުރިންވެސް ހައްޔަރު ކުރެވިފައިވާ ބައެއް ކަމަށެވެ. 

ގޮއްވާލަން އުޅުނީ ކޮންތަނެއްތޯ މިވަގުތު ހާމަ ކުރެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ. 

0%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް