ads
އަލިފާން ރޯވެފައިވާ ސަރަހައްދުން ދުން ވަރަށް ދުރަށް ވަނީ ފެތުރިފައި——ފޮޓޯ: ސޯޝަލް މީޑިއާ
އަލިފާންގަނޑު ފެތުރުނީ ދޮޅު މިނިޓެއްހާއިރު ތެރޭ
މިދިޔަ ހަފްތާގައި މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފުރަތަމަ ރޯވީ ގަރާޖުގައި ކަމަށާއި އެއްޗެއް ގޮވައި، ދޮޅު މިނެޓްގެ ތެރޭގައި މުޅި ގޭގައި ހުޅު ހިފި ކަމަށް ފުލުހުން ފުލުހުން ބުނެފިއެވެ.

މިދިޔަ ހަފްތާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 10 މީހަކު ނިޔާވިއެވެ. އެއީ މުޅިންވެސް ބިދޭސީންނެވެ. މި ހާދިސާގެ މައުލޫމާތު ދެމުން މިއަދު އިންސްޕެކްޓަ އޮފް ޕޮލިސް މުހަންމަދު ސާމީ ވިދާޅުވީ ގަރާޖުގައި ރޯވި އަލިފާންގަނޑު ދޮޅު މިނިޓެއްހާއިރު ތެރޭ މުޅި ގެއަސް ފެތުނު ކަމަށެވެ. އިމާރާތުގެ އެތެރެ ހަދާފައި ހުރީ ފިލައިން ކަމަށާއި އޭގެ ތެރެއިން އެއް ފްލޯގައި ހަތަރު ކޮޓަރި، އަދި އަނެއް ފްލޯގައި އަށް ކޮޓަރި ހަދާފައިވާ ކަމަށެވެ.

"އަލިފާން ފުރަތަމަ ރޯވީ ގަރާޖުގައި ކަމަށް މި ބެލެވެނީ. އެ އަށް ފަހު ހުޅުގަނޑު މުޅި އިމާރާތަށް ފެތުރެން ނެގީ ދޮޅު މިނެޓް މިނެޓެއްހާއިރު،" ސާމިހް ވިދާޅުވި އެވެ.

އެ އަލިފާން ރޯވުމުން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 8 މީހުންނާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. އެ މީހުންގެ ހަށިގަނޑުތައް ބޭރަށް ފޮނުވަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް އިންޑިއާގެ ތިން މީހެއްގެ ހަށިގަނޑު ވަނީ އެ ގައުމަށް ފޮނުވާލައިފަ އެވެ. ބާކީ ތިބި މީހުންގެ ހަށިގަނޑުތައް ގައުމުތަކަށް ގޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް