ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރާ އެފްކޯން ކުންފުނި 69.4 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމީ، އެ މަސައްކަތުގައި ބޭނުންކުރާ ޕްލެޓްފޯމް ވިލިގިލީ ފަރަށް އަރައި ފަރަށް ގެއްލުންތަކެއް ލިބުމާ ގުޅިގެންނެވެ.
ވިލިގިލީ ފަރަށް އެފްކޯންގެ ޕްލެޓްފޯމް އެރީ މައްސަލައިގައި ޖޫރިމަނާއާ ހިސާބަށް މިއީ އީޕީއޭއިން އަދި އެފްކޯނުންވެސް ފަރަށް ލިބުނު ގެއްލުންތައް ދިރާސާ ކުރުމަށް ފަހުއެވެ.
މި މައްސަލައިގައި އީޕީއޭއިން ނިންމި ނިންމުން އަދި ރަސްމީކޮށް ހާމަ ނުކުރެއެވެ.